ފެނާއި ގޭސް ޑެލިވަރީއަށް ކަނޑައެޅި ވަގުތުތަކަށް އަމަލުކުރުން ފަސްކޮށްފި

ފިހާރައެއްގެ ބޭރުގައި ފެންކޭސްތަކެއް އަތުރާފައި: ވަކި ވަގުތުތަކެއްގައި ފެނާއި ގޭސް ދެލިވާ ކުރުން މަނާކުރާ އިއުލާނަށް އަމަލުކުރުން ވަނީ ފަސްކޮށްފައި -- ސަން ފައިލް ފޮޓޯ

މާލޭގައި ފެނާއި ގޭސް ޑެލިވަރީ ކުރަން ވަކި ވަގުތުތަކެއް ކަނޑައަޅައި އަންނަ ހަފްތާއިން ފެށިގެން އެއަށް އަމަލު ކުރަން އެންގި އިއުލާނަށް އަމަލު ކުރުން ފަސްކޮށްފި އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެއްގަމު އުޅަނދުގައި މުދާ ޑެލިވަރީކުރުމަށް ވަކިވަގުތެއް ކަނޑައެޅިފައިވީ ނަމަވެސް އެ އިޢުލާނަށް އަމަލުކުރުން ފަސްކޮށްފައިވާކަން ޢާންމުކޮށް އަންގައި އިއުލާން ކުރާ ކަމަށެވެ.

އެ އޮތޯރިތީން ނިންމި ގޮތުގައި އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ލޮރީ އާއި ޕިކަޕް ފަދަ އުޅަނދުތަކުގައި ފެނާއި ގޭހާއި މުދާ އުފުލޭނީ ހެނދުނު 9:00 އިން 10:00 އަށް އަދި މެންދުރު ފަހު 3:00 އިން 5:00 އަށް އަދި އިރުއޮއްސި 6:30 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު ހަޔަކަށެވެ. އެ ނޫން ގަޑިތަކުގައި އެފަދަ ތަކެތި އުފުލަމަކީ މަނާ ކަމެކެވެ.

ނަމަވެސް މިއަދު އެ އޮތޯރިޓީން ކުރި އިއުލާނުގައި، ކުރީގެ އިއުލާނުގައިވާ ގޮތަށް އަމަލު ކުރަން ފަސްކޮށްފައިވާ ކަމަށް ބުނެފައިވީ ނަމަވެސް ފަސްކުރީ ކިހާ މުއްދަތަކަށް ކަމެއް ނުބުނެ އެވެ. އަދި އެއަށް އަމަލު ކުރަން ފަށާނީ ކިހާ ދުވަހަކު ކަމެއް ވެސް ނޭނގެ އެވެ.

comment ކޮމެންޓް