އޮސްޓްރޭލިއާގެ ޝޮޕިން ސެންޓަރެއްގެ މައްޗަށް ބޯޓެއް ވެއްޓި ފަސް މީހަކު މަރުވެއްޖެ

ޝޮޕިން މޯލް ތެރެއަށް ބޯޓު ވެއްޓުމާ ގުޅިގެން މޯލްގައި ރޯވެފައި -- ފޮޓޯ: އޭޕީ

މެލްބަން (ފެބްރުއަރީ 21): އޮސްޓްރޭލިއާގެ މެލްބަންގެ ޝޮޕިން ސެންޓަރެއްގެ މައްޗަށް މަތިންދާ ބޯޓެއް ވެއްޓި ބޯޓުން ދަތުރު ކުރި ހަތަރު މީހުން މަރުވެއްޖެ އެވެ.

އެ ހާދިސާގައި މަރުވީ ބޯޓުގެ ޕައިލެޓާއި އެމެރިކާގެ ހަތަރު މީހުންނެވެ. ބޯޓުގެ ޕައިލެޓަކާއި އޮސްޓްރޭލިއާ މީހެކެވެ.

ފުލުހުން ބުނި ގޮތުގައި ޗާޓަރުކޮށްފައިވާ އެ ފްލައިޓު ވެއްޓުނީ އެސެންޑަން އެއާޕޯޓުން ނައްޓާލި ފަހުން މާގިނަ އިރުތަކެއް ނުވެ، ބޯޓުގެ އިންޖީން މަސައްކަތް ނުކުރުމުގެ ސަބަބުންނެވެ.

އެ ހާދިސާގައި ޝޮޕިން ސެންޓަރަށް ބޮޑެތި ގެއްލުންތައް ލިބުނު ނަމަވެސް ބޯޓުގައި ތިބި މީހުންގެ އިތުރުން އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށާއި އިތުރު އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސްޕޮޓްލައިޓު ނަމަކަށް ކިޔާ އެޝޮޕިން ސެންޓަރުގެ ތަރުޖަމާނަކު ބުނި ގޮތުގައި ބޯޓު ވެއްޓުނީ ސެންޓަރުގެ ގުދަނެއްގެ މައްޗަށެވެ. އަދި އެ ހާދިސާގައި އެއްވެސް މުވައްޒަފަކަށް އަނިޔާނުވާ ކަމަށްވެސް ތަރުޖަމާނު ބުންޏެވެ.

އޮސްޓްރޭލިއަން ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯއިން ވަނީ ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ތަހުގީގު ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އޮސްޓްރޭލިއާގެ ބޮޑުވަޒީރު މެލްކަމް ޓާންބުލް ވަނީ އެ ހާދިސާއާ ގުޅިގެން ހިތާމަ ފާޅު ކުރައްވައި، އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީގެ މެސެޖެއް ފޮނުވާފަ އެވެ.(ބީބީސީ)

comment ކޮމެންޓް