'އިއްތިފާގް ރީމޭކް'ގެ ޝޫޓިން ފަށައިފި

ނަވާރަސަތޭކަ ފަސްދޮޅަސް ނުވަ ވަނަ އަހަރު ނުކުތް ޔަޝް ޗޯޕްރާގެ މިސްޓްރީ ފިލްމު، 'އިއްތިފާގު'ގެ ރީމޭކްގެ ޝޫޓިން ފަށައިފި އެވެ.

ސިދާރްތު މަލޯތުރާ އަދި ސޮނާކްޝީ ސިންހާ ލީޑު ރޯލުތަކުންގެ ފެނިގެންދާ އެ ފިލްމުގެ ޝޫޓިން އިފްތިތާހު ކޮށްދިނީ ޔަޝް ޗޯޕްރާގެ ގިނަ ފިލްމުތަކެއް ކުޅެފައިވާ ބޮލީވުޑުގެ ރަސްގެފާނު ޝާހުރުކް ޚާން އެވެ.

ރާޖޭޝް ޚަންނާ އަދި ނަންދާ ލީޑު ރޯލުން ފެނިގެން ދިޔަ އެ ފިލްމުގެ ރީމޭކް ޕްރޮޑިއުސް ކުރަނީ ޝާހްގެ ރެޑް ޗިލީ އާއި ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އަދި ބީއާރު ފިލްމްސް ގުޅިގެންނެވެ.

ރީމޭކްގައި ސިދާރްތު ފެނިގެން ދާނީ ރާޖޭޝް ޚަންނާގެ ރޯލުންނެވެ. ސިދާރްތު ބުނީ އެ ރޯލާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

މިއީ ސޮނާކްޝީ އާއި ސިދާރްތު އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް