ބްރިޖް ދަތުރުތަކަށް ސްޕީޑު ބާރު ބަހުގެ ނިޒާމެއް!

20 ފެބްރުއަރީ 2017: ހުޅުލެއާއި މާލެއާއި ދެމެދު އަޅާ ބުރިޖު: ބުރިޖުގެ ތަނބުތައް ކުރިން ލަފާކުރިވަރަށް ވުރެ ފުންކޮށް ޖަހަން ޖެހުނު ކަމަށް ހައުސިން މިނިސްޓްރީން ބުނެފި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހުޅުލެއާ މާލެއާ ދެމެދު އަޅާ ބުރިޖުގައި ދަތުރު ފަތުރުކުރަން ބާރަށް ދުއްވާ ބަހުގެ ނިޒާމެއް ގާއިމް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ބްރިޖުގެ މަސައްކަތް ނޫސްވެރިންނަށް ދައްކާލުމަށްފަހު މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ބްރިޖުގެ އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުންނަށް ފަސޭހަ ކަމާއެކު މާލެއިން ހުޅުމާލެއާއި ހުޅުލެއަށް ދަތުރުކުރެވޭނެ ގޮތެއް ހެދުން ކަމަށެވެ. އެގޮތުން އަވަސް ދަތުރުތަކެއް ކުރެވޭ އުސޫލްތަކެއް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

"ބާރު ސްޕީޑުގައި ދުއްވޭ ބަހުގެ ނިޒާމެއް ގާއިމް ކުރުމަކީ ސަރުކާރުގެ ވިސްނުން،" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

ބްރިޖު ސަރަހައްދުގައި ރަނގަޅު ބަސް ޓާމިނަލެއް އަޅާނެ، ކަމަށާއި ބުރިޖު ޓާމިނަލްއިން ހުޅުލެއަށް ފުރަންދާ ފަރާތްތައް ޗެކިން ވެވޭނެ ގޮތް ހެދުމުގެ ވިސްނުން ގެންގުޅޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

20 ފެބްރުއަރީ 2017: ހުޅުލެއާއި މާލެއާއި ދެމެދު އަޅާ ބުރިޖު: ބުރިޖުގެ ތަނބުތައް ކުރިން ލަފާކުރިވަރަށް ވުރެ ފުންކޮށް ޖަހަން ޖެހުނު ކަމަށް ހައުސިން މިނިސްޓްރީން ބުނެފި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބްރިޖު ޕްރޮޖެކްޓާއެކު ބޮޑުތަކުރުފާނު މަގާއި އަމީނީމަގުގެ ބައެއް ތާރުއަޅައި ރަނގަޅު ފެންވަރަކަށް ހެދުމަށް ވަނީ ނިންމާފައެވެ.

ބްރިޖުގެ މިހާރު ކުރިއަށްދަނީ ތަނބުތަކަށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ކަމަށް ވާއިރު އެމަސައްކަތް އަންނަ މޭމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި އަންނަ އަހަރު ސެޕްޓެމްބަރު މަހު ބްރިޖުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެއެވެ.

comment ކޮމެންޓް