200 ޓުރެވަލް އެޖެންސީއެއް އުވާލައިފި

ޓޫރިޒަމް މިނިސްޓްރީން ރާއްޖެ އިސްތިހާރު ކުރަން ބޭއްވި ފެއާއެއްގެ ތެރެއިން-- ސަން ފޮޓޯ/ މާހިލް މުހައްމަދު

އަހަރީ ރިޕޯޓް ހުށަނާޅާ 200 ޓުރެވަލް އެޖެންސީއެއް އުވާލައިފި އެވެ.

ދިވެހިރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ގަވާއިދުގެއަށް ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކު ވެސް ކުންފުނީގެ އަހަރީ ރިޕޯޓެއް މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހެ އެވެ.

އެ އަހަރީ ރިޕޯޓު ހުށަނާޅައިފި ނަމަ އެކުންފުންޔަށް ދީފައިވާ ހުއްދަ ބާތިލުކުރެވޭނެ ކަމަށް ވެސް އެމާއްދާގައި ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ މިދިޔަ މަހުގެ ނިޔަލަށް އެމިނިސްޓްރީއަށް އަހަރީ ރިޕޯޓް ހުށައަޅާފައިނުވާ 200 ޓުރެވެލް އެޖެންސީތަކުގެ ހުއްދަ ބާތިލްކޮށްފައިވާ ކަމަށެވެ. ކުންފުނިތަކުގެ ތަފްސީލް ނުލިބެ އެވެ.

comment ކޮމެންޓް