މިނިސްޓްރީތަކުގެ ބައެއް މަސައްކަތްތަކަށް ބަދަލުގެންނަން މަޖިލީހުން ފާސްކޮށްފި

ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ދަށުން ކުރަމުންދާ މަސައްކަތްތައް އިތުރުކޮށް ރައީސް ޔާމީން ގެނެސްފައިވާ ބައެއް ބަދަލުތައް މަޖިލީހަށް ހުށަހަހެޅުމުން މަޖިލީހުން އެ ބަދަލުތައް ފާސްކޮށްފި އެވެ.

މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބަދަލު ގެނައުމަށްފަހު، އެކަން މަޖިލީހަށް އެންގެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ފަސް މިނިސްޓްރީއެއްގެ މަސައްކަތަށް އައި ބަދަލާ ގުޅިގެން ރައީސް ހުށަހެޅުއްވި މައްސަލައަށް މިއަދު މަޖިލީހުގައި ވަނީ ވޯޓަށް އަހާފަ އެވެ. ބަދަލުތަކަށް ގިނަ މެމްބަރުން ތާއީދުކޮށްފައިވާއިރު ބަދަލުތަކާ ދެކޮޅު ހަދާފައި ވަނީ ހަތަރު މެމްބަރުންނެވެ.

މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ގެނައި ބަދަލުތައް

  • ކޮމަންވެލްތުން ވަކިވުމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންނަމަށް ބަދަލު ގެނައުން
  • ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް އެންވަޔަރަމެންޓް މިނިސްޓްރީއާ ހަވާލު ކުރުން
  • ނެޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓޭރިއެއްޓް ބެލެހެއްޓުން ފިނޭންސް މިނިސްޓްރީގައި ދަށަށް ބަދަލުކުރުން
  • އޭޖީ އޮފީހުގެ ދާއިރާގެ މަސައްކަތްތަކަށް ބަދަލު ގެނައުން
  • ސިއްހަތަށް ގެއްލުން ހުރި ކެމިކަލްތައް ދެނެގަތުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާ ހަވާލުކުރުން
ގުޅޭ ޓެގު
comment ކޮމެންޓް