މެޗު ކޮމިޝަނަރުން ތަމްރީން ކުރުމަށް ސެމިނާއެއް ބާއްވަނީ

ރެފްރީ ޝިފާން މެޗެއްގެ ރެފްރީކަން ކުރަނީ: އެފްއޭއެމްއިން ވަނީ މެޗް ކޮމިޝަނަރުން ތަމްރީން ކުރުމަށް ސެމިނާއެއް ބާއްވަން ނިންމާފައި -- ސަން ފައިލް ފޮޓޯ

މެޗު ކޮމިޝަނަރުން ތަމްރީން ކުރުމަށް ސެމިނާއެއް ބާއްވަން ނިންމައި، މި ސެމިނާގައި ބައިވެރިވާން ބެނުންވާ މީހުންނަށް އެ ފުރުޞަތު ހުޅުވާލައިފި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ސެމިނާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ 4 ވަނަ ދުވަހު ކަމަށެވެ.

އެފްއޭއެމުން ބުނީ އެ ސެމިނާގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި ސެމިނާގައި ބައިވެރިވާން އެދޭ މީހާއަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ސެމިނާގެ ބައިވެރިންނަކީ އިނގިރޭސި ބަހުން ވާހަކަދައްކަން އެނގޭ ބަޔަކަށް ވާން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން ބައިވެރިންގެ ކިބައިގައި ގުރޭޑް އަށެއްގެ ފެންވަރު ހުރުމާއި ފުޓްބޯޅައާށް ޝައުގުވެރިކަން ހުރުމަކީވެސް އެ ސެމިނާގައި ބައިވެރިވާ މީހުންގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުތެއް ކަމަށް އެފްއޭއެމުން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.

އެފްއޭއެމުން ބުނެފައި ވަނީ އެ ސެމިނާގައި ބައިވެރިވާން ބޭނުންވާ ފޯމް އެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި މާޗް މަހުގެ އެއްވަނަ ދުވަހުގެ ކުރިން ފޯމް ފުރިހަމަކުރުމަށްފަހު އެ އިދާރާއަށް ހުށައަޅަންޖެހޭނެ ކަމަށެވެ.

މި ސެމިނާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާލޭގައެވެ.

comment ކޮމެންޓް