ހަތް އަހަރަށް ފަހު އައިޝާ ޓާކިއާ އެނބުރި ސްކްރީނަށް!

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ބަތަލާ އައިޝާ ޓާކިއާ ފިލްމީ ދާއިރާ އަށް އެނބުރި އަންނަން ތައްޔާރުވެއްޖެ އެވެ.

މިިދިޔަ ޑިސެމްބަރުގައި އައިޝާ ވަނީ އަމިތު މިޝްރާގެ ވީޑިއޯ ލަވައެއް ޝޫޓު ކޮށްފަ އެވެ. މުމްބާއީގެ ދެކުނު ހިސާބެއްގައި ޝޫޓު ކުރި އެ ލަވައިގެ އެޑިޓިން މަސައްކަތްތައް ކުރަމުން އަންނަ އިރު، ލަވަ ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

ނަމަވެސް އަލުން ބޮޑު ސްކްރީނަށް ނުކުތުމަށް އައިޝާ މިހާރު އަންނަނީ ދެ ޕްރޮޑަކްޝަން ހައުސް އަކާ އެކު ވާހަކަ ދައްކަމުންނެވެ.

ދެހާސް ހަތަރު ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ޓާޒަން' އިން ބޮލީވުޑަށް ތައާރަފުވި އައިޝާ، 2009 ވަނަ އަހަރު ކައިވެނި ކުރި ހިސާބުން ފެށިގެން ވެސް ކެމެރާގެ ކުރިމަތިން ފެނުން ވަނީ ވަރަށް ބޮޑަށް މަދު ވެފަ އެވެ.

ނަމަވެސް އައިޝާ ކެމެރާގެ ކުރިމަތިން ގެއްލުނީ ފުރަތަމަ ދަރިފުޅު ލިބުމަށް ފަހު އެވެ.

އައިޝާ އަލުން ކެމެރާގެ ކުރިމައްޗަށް ނުކުތުމަށް ތައްޔާރުވި ނަމަވެސް، ފިލްމީ ދާއިރާ އަށް ވުރެ އިސްކަން ދޭނީ އަމިއްލަ ދިރިއުޅުމާއި ދަރިފުޅަށް ކަމަށް ވަނީ ބުނެފަ އެވެ. އައިޝާ މިހާރު ހުރީ ކޮންމެ ކޮންމެ ޕްރޮޖެކްޓަކަށް އެއްބަސްވާ ގޮތަކަށް ވެސް ނޫނެވެ.

comment ކޮމެންޓް