ކާނަލް ނާޒިމަށް ދެ މިލިއަން ރުފިޔާ ދައްކަން މީހަކަށްް ކޯޓުން އަންގައިފި

ކާނަލް މުހައްމަދު ނާޒިމް --- ސަންފއަިލް ފޮޓޯ

މި ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ އަތުން ނާގާފައިވާ 2،380،000 ރުފިޔާ ހަމަސްދުވަހުގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން މީހަކަށް އަންގަައިފި އެވެ.

ކޯޓުން އެގޮތަށް ހުކުމް ކުރީ ނާޒިމްގެ ފަރާތުން ކޯޓުގައި ދައުވާ ކުރުމުންނެވެ.

ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މއ. ވަހާރިހި ހުސައިން ހިލްމީ، ކާނަލް ނާޒިމްގެ އަތުން ނަގާފައިވާ 2،380،000 ރުފިޔާ އަކީ ދައްކަން ޖެހޭ ފައިސާ ކަމަށް އޭނާ ކޯޓުގައި އެއްބަސްވެފައިވާ ކަމަށެވެ.

އަދި އެފައިސާ ދައްކަން ކޯޓުގައި އެބަސްވެ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ފައިސާއެއް ދައްކާނެ ކަމަށް ހުސައިން ހިލްމީ ކޯޓުގައި އެއްބަސްވެފައިވާ ކަމަށްވެސް ހުކުމުގައިވެ އެވެ.

ދައުލަތުން އުފުލި ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާ ސާބިތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުުރައްވަމުންގެންދަވާ ނާޒިމް މިހާރު ހުރީ ގޭ ބަންދުގައެވެ.

comment ކޮމެންޓް