މުވައްޒަފުން ޕީޕީއެމަށް ވަންނަން މަޖުބޫރުކުރުވާ ކަމަށް ބުނެ މަޖިލީހަށް ގަރާރެއް

އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު -- ފޮޓޯ// މަޖިލިސް

ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މެމްބަރުންނަށް މަޖުބޫރުކޮށްގެން ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމަށް ސޮއިކުރުވާ ކަމަށް ބުނެ އެކަމާ މެދު މަޖިލީހުން ދެކޭގޮތް ބަލަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވުން މަޖިލީހުގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ.

އެގަރާރު މަޖިލީހަށް ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ ސަރުކާރުން "މުވައްޒިފުންގެ ހައްގުތަކަށް އަރައިގަނެ، މުވައްޒިފުންގެ ކަރާމާތާއި އިހްތިޔާރަށް އަރާގަންނަމުންދާތީ" ކަމަށެވެ.

ގަރާރު ހުށަހެޅި ސަބަބުތައް

  • މަޖުބޫރު ކުރުވައިގެން ސަރުކާރު މުވައްޒަފުން ލައްވައި ޕީޕީއެމަށް ސޮއިކުރުވުން
  • ޕާޓީއަށް ސޮއި ނުކޮށްފިނަމަ ވަޒީފާ އިން ވަކިކުރާނެ ކަމުގެ ބިރުދެއްކުން

ގަރާރުގައި އެދިފައި ވަނީ އެކަން އެގޮތަށް ހިނގާތޯ ބަލައި އެކަން ހުޓުވުމަށް މަޖިލީހުން ބާރު އަޅައިދިނުމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުންގެ ކަމަކާ ދޭތެރޭ ދެކޭގޮތް ހާމަކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅިދާނެ އެވެ.

comment ކޮމެންޓް