16 އަހަރުންދަށުގެ ދެ ތަށި ވެސް ގޮއިދޫ ސްކޫލަށް

އިންޓަ ސްކޫލް ބީޗް ވޮލީބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށްފަހު ޓީމުތައް ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ/ ވީއޭއެމް

އިންޓަ ސްކޫލް 16 އަހަރުންދަށުގެ ބީޗް ވޮލީ މުބާރަތުގެ ދެ ޖިންސުގެ ޗެމްޕިއަންކަންވެސް ބ. ގޮއިދޫ ސްކޫލުން ހޯދައިފިއެވެ.

ސްކޫލު ވޮލީ މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ ގޮއިދޫ ސްކޫލުން އެ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި އިމާދުއްދީން ސްކޫލު ބަލިކޮށްގެންނެވެ. ތިންވަނައަށް ދިޔައީ ތާޖުއްދީން ސްކޫލެވެ. އެ އުމުރުފުރައިގެ ފިރިހެންބައިގެ ދެވަނަ ޓިމަކީވެސް އިމާދުއްދީން ސޫކޫލެވެ. ތިންވަނައަށް ދިޔައީ ތާޖުއްދީން ސްކޫލެވެ.

އިންޓަ ސްކޫލް ބީޗް ވޮލީ މުބާރާތުގެ 19 އަހަރުންދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ވަނީ ހޯދައިފައެވެ. ފިރިހެން ބައިގެ ޗެމްޕިއަންކަން ވީއައިއެޗްއެސް ހޯދީ ފައިނަލުގައި މަޖީދިއްޔާ ސްކޫލު ބަލިކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފިރިހެން ބައިގެ ތިންވަނަ ހޯދާފައިވަނީ ސެންޓާ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިންނެވެ.

އަންހެން ބަޔަށް ބަލާއިރު 19 އަހަރުންދަށުގެ ޗެމްޕއަންކަން ހޯދާފައިވަނީ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަނެވެ. އަހްމަދިއްޔާ ސްކުލަށް ދެވަނަ ލިބުނުއިރު، ތިންވަނައަށް ދިޔައީ މެޕްސް އިންޓަނޭޝަނަލް ހައި ސްކޫލެވެ.

comment ކޮމެންޓް