ފިލްމު އުފައްދަނީ އެވޯޑު ހޯދާކަށް ނޫން: އަރްބާޒް ޚާން

'ދަބާންގް'ގެ ޕްރޮޑިއުސަރު އަރްބާޒް ޚާން --

އެވޯޑު ލިބުމާއި ނުލިބުމަކީ ވިސްނާކަމެއް ނޫން ކަމަށާއި ފިލްމު އުފައްދަނީ އެވޯޑު ހޯދަން ނޫން ކަމަށް 'ދަބާންގް'ގެ ޕްރޮޑިއުސަރު އަރްބާޒް ޚާން ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އަރްބާޒް ބުނީ، އޭނާ އެކްޓަރެއްގެ ހައިސިއްޔަތުން އޭނާ ހުރިހާ ވައްތަރެއްގެ ރޯލުތައް ވެސް ކުޅުމަށް ތައްޔާރު ކަމަށާއި ނަމަވެސް ފިލްމު ޕްރޮޑިއުސް ކުރުމާއި ޑައިރެކްޓު ކުރުމުގައި މެއިންސްޓްރީމް މީޑިއާ އަށް ބޮޑަށް އިސްކަން ދޭނެ ކަމަށެވެ.

މެއިންސްޓްރީމް މީޑިއާ އަށް އަރްބާޒް އިސްކަންދެނީ ބެލުންތެރިންގެ މެދުގައި އެކަހަލަ ފިލްމުތައް މަގުބޫލު ވުމުންނެވެ.

"އަހަރެން ބޭނުމެއް ނޫން ކޮންމެހެން އެވޯޑު ހޯދަން ފިލްމު ހަދާކަށް. ފިލްމު ރަނގަޅު ވެއްޖެ ނަމަ، މާ ގިނަ ބަޔަކު ފިލްމު ބަލާނެ. އަދި ދަބާންގް ފަދައިން އެވޯޑު ވެސް ލިބިދާނެ،" އަރްބާޒް ބުންޏެވެ.

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ދަބާންގް އަށް ވަނީ ގައުމީ އެވޯޑު ވެސް ލިބިފަ އެވެ.

އަރްބާޒް ބުނީ އޭނާގެ ފިލްމަކަށް އެވޯޑު ލިބުމާއި ނުލިބުމަކީ އޭނާ އެއްވެސް ގޮތަކަށް ވިސްނާ ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް