ރާއްޖެ އާއި ޗައިނާގެ ގުޅުމަށް 45 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރަނީ

ޖިއަންގްސޫ ކަލްޗަރަލް ޕާފޯމެންސް ގުރޫޕުގެ ހަރަކާތެއް -- ފޮޓޯ:

ޗައިނާ އާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުންތައް ގާއިމުކުރިތާ 45 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ޗައިނާގެ ސަގާފީ ހަރަކާތްތައް ދައްކުވައިދޭ ދެ ޝޯއެއް ބޭއްވުމަށް ނިންމައިފި އެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އާއި ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން 'ހެޕީ ޗައިނީސް ނިއު އިޔާ، ވަންޑަފުލް ޖިއަންގްސޫ'ގެ ނަމުގައި އިންތިޒާމު ކުރާ އެ ދެ ޝޯގައި ޗައިނާގެ ސަގާފީ ހަރަކާތްތައް ދައްކުވައިދޭ ގުރޫޕެއް ކަމަށްވާ ޖިއަންގްސޫ ކަލްޗަރަލް ޕާފޯމެންސް ގުރޫޕުގެ ހަރަކާތްތައް ފެނިގެންދާނެ އެވެ.

މިމަހުގެ 17 އިން 21ށް ރާއްޖެ އަށް އަންނަ އެގުރޫޕުގެ ހަރާކަތްތައް ދައްކާލަން ހަމައްޖައްސާފައި ވަނީ މާދަމާ ރޭ އަލިމަސް ކާނިވަލުގަ އާއި ހޯމަ ދުވަހުގެ ރޭ އޮލިމްޕަސް ތިއޭޓަރުގަ އެވެ. އެ ދެ ޝޯ ވެސް ހިލޭ ބަލާލެވޭނެ ކަމަށާއި ދިވެހިންނަށް އެ ޝޯއަށް މަރުހަބާ ކިޔާ ކަމަށް ޗައިނާ އެމްބަސީން ބުނެ އެވެ.

ޖިއަންގްސޫ ކަލްޗަރަލް ޕާފޯމެންސް ގުރޫޕުން ހުށަހަޅައިދޭނެ ހަރަކާތްތަކުގެ ތެރޭގައި އެކްރޮބެޓިކްސް، މާޝަލް އާޓްސް އަދި ލަވަކިޔުމާއި ނެށުން ހިމެނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު