ވިހެއުމަށް ފަހު ފަސް މަސް ވަންދެން ގެއިން ބޭރަށް ނުދަން: ޝިލްޕާ

ޝިލްޕާ ޝެޓީ --

ފުރަތަމަ ދަރިފުޅު ވިހެއުމަށް ފަހު ހަށިގަނޑަށް އައި ބަދަލުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ މަލާމާތް ރައްދުވި ކަމަށާއި އެކަމުގެ ސަބަބުން ފަސް މަސް ވަންދެން ގެއިން ބޭރަށް ނުގޮސް ހުރި ކަމަށް ބޮލީވުޑުގެ ބަތަލާ ޝިލްޕާ ޝެޓީ ބުނެފި އެވެ.

ޝިލްޕާގެ އޮންލައިން ފިޓްނެސް ޗެނަލް ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޝިލްޕާ ބުނީ ފަންނާނަކަށް ވީތީ، ވިހެއުމަށް ފަހު ބަރުދަން ލުއިކޮށް ހަށިގަނޑު އަލުން ފިޓް ކުރަން ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތިވާ ކަމަށެވެ.

ބޮލީވުޑުގެ އެންމެ ފިޓް އަންހެން ތަރިންގެ ތެރޭގައި ހިމެނޭ ޝިލްޕާ ބުނީ 2012 ވަނަ އަހަރު އޭނާގެ ދަރިފުޅު ވިވާން ވިހެއުމަށް ފަހު، ހަށިގަނޑު ވަރަށް ބޮޑަށް ފަލަވި ކަމަށާއި ބޭރަށް ދިއުމުން އަންހެނުން އޭނާ އަށް މަލާމާތްކޮށް އެއްޗެހި ކިޔާ ހެދި ކަމަށެވެ.

"އަހަރެން ވިހެއުމަށް ފަހު ފުރަތަމަ ފަސް މަސް ވަންދެން ގެއިން ބޭރަކަށް ނުދަން. އެއްވެސް ހެދުމެއް ހެޔޮވަރެއް ނޫން. އަދި އަހަރެންގެ ފިރިމީހާ އަހަރެން ގޮވައިގެން ރެސްޓޯރަންޓަކަށް ދިއުމުން އެތަނުގައި ތިބި އަންހެނުން މަލާމާތްކޮށް ހީ ހެދި،" ޝިލްޕާ ބުންޏެވެ.

އަދި އެއަށް ފަހު އޭނާ 32 ކިލޯ ލުއިކޮށްފައި ވާނެ ކަމަށް ވެސް ޝިލްޕާ ބުންޏެވެ،

ޝިލްޕާ އާ އެއްފަދައިން ކަރީނާ ކަޕޫރު ޚާން އަށް ވެސް ބައެއް މީހުންގެ ފާޑުކިޔުން ވަނީ އަމާޒު ވެފަ އެވެ. ކަރީނާ ވަނީ އެފަދަ ފާޑުކިޔުންތަކުގެ ސަބަބުން ދެރަވާ ކަމަށް ބުނެފަ އެވެ.

ޝިލްޕާ ވަނީ ކަރީނާ އަށް ކުރެވޭނެ އިހުސާސް އޭނާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

ނަމަވެސް އަމިއްލަ ހަށިގަނޑާ މެދު ތިމާ ހިތްހަމަ ޖެހޭ ނަމަ، އެހެން މީހުން ކިޔާ އެއްޗެއްސަށް އަޅާުލުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ޝިލްޕާ ބުންޏެވެ.

comment ކޮމެންޓް