ޕޮލިސް ކަސްޓޯޑިއަލް ފަޅާލައި ކުށްވެރިންތަކެއް ފިލައިފި

ޕޮލިސް ކަސްޓޯޑިއަލް --- ސަން ފޮޓޯ: ފަޔާޒު މޫސާ

ޕޮލިސް ކަސްޓޯޑިއަލް ފަޅާލައި، އެތަނުގައި ބަންދުކޮށްފައި ތިބި ކުށްވެރިންތަކެއް ފިލައިފިއެވެ.

ސަން އަށް އެނގިފައިވާގޮތުގައި ޕޮލިސް ކަސްޓޯޑިއަލް ފަޅާލާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެތަނުން ފަސް ވަރަކަށް ކުށްވެރިން ވަނީ ފިލައިފައެވެ. އެނގިފައިވާގޮތުގައި އޭގެތެރެއިން ބައެއް ކުށްވެރިން އަދިވެސް ހޯދިފައެއް ނުވެއެވެ.

އާސަހަރާ ފުރަގަހުގައި ހުންނަ ޕޮލިސް ކަސްޓޯޑިއަލް ފަޅާލައި ކުއްވެރިންތަކެއް ފިލާފައިވާއިރު، އެތަނަކީ 24 ގަޑިއިރު ފުލުހުން ބަލަހައްޓަމުން އަންނަ ތަނެކެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

comment ކޮމެންޓް