"ހޯދޭތޯ މަންޒިލެއް"ކިއިރު ރާގަކީ ކޮޕީއެއް ކަމެއް ނޭނގޭ: ލައިޝާ

ޖުލައި 31، 2016: ރާއްޖޭގެ 51ވަނަ މިނިވަން ދުވަހާއި ގުޅިގެން ގައުމީ ދަނޑުގައި ބޭއްވި ހެވިކަމާއި ކުޅިވަރުތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންއިން އެއްވަން ހޯދި، ލައިޝާ ޖުނައިދު ނެރުނު "ހޯދޭތޯ މަންޒިލެއް" ލަވަ ކި އިރު އެއީ ކޮޕީ ރާގެއްގެ މިއުޒިކެއް ހިމެނޭ ލަވައެއް ކަން ނޭނގޭ ކަމަށް ލައިޝާ ބުނެފިއެވެ.

ލައިޝާގެ އެ ލަވަ އަކީ ކޯޕީ ރާގަކަށް ކިޔާފައި އޮތް ލަވައެއް ކަމަށް ބުނެ ސޯޝަން މީޑިއާގައި ޕޯސްޓެއް ދަނީ ދައުރުވަމުންނެވެ. އެ ޕޯސްޓުގައި ލައިޝާ ކިޔާފައިވާ ލަވަ އާއި 2013 ވަނަ އަހަރު ސްކޫލު ކުދިންގެ ލަވަ މުބާރާތުގައި ކުއްޖަކު ކިޔާފައިވާ ލަވައިގެ ރާގު ވަރަށް ވައްތަރެވެ. ލައިޝާ ކިޔާފައިވާ ލަވަ ތައްޔާރު ކުރީ ވެސް ޓޮނިކް ލައިވް ސްޓޫޑިއޯއިންނެވެ.

ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަން އައިޑޮލް، އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ސްޓެޓަސްގައި ބުނެފައި ވަނީ އެ ރާގުގެ ހަގީގަތެއް ނޭނގޭ ކަމަށެވެ. އަދި އެލަވަ އޭނާއަށް ހުށަހެޅީ އޮރިޖިނަލް ލަވައެއް ކަމަށް ބުނެ ކަމަށާއި ލަވަ ރެކޯޑްކޮށް ނިންމާލި އިރު ވެސް، އެއީ ކުރީގެ ރާގަކަށް ހަދާފައި އޮތް ލަވައެއްކަން ނޭނގޭ ކަމަށް އޭނާ ބުނެފައިވެއެވެ.

"ލަވައިގެ ޕޯސްޓަރުންވެސް ފެންނާނެ. ލަވައިގެ މިއުޒިކް، ރިކޯޑިން، މިކްސިން އަދި މާސްޓަރިންގެ ކަންކަން ކުރިއަށް ގެންދިޔައީ ޓޮނިކް ލައިވް ސްޓޫޑިއޯއިން. އެކަމާ އަޅުގަނޑާ އެއްވެސް ގުޅުމެއް ނެތް. އެކަމުގައި އަޅުގަނޑު ހަރަކާތްތެރިއެއް ނުވަން. އަޅުގަނޑަށްވެސް އެއީ ކޮޕީ ރާގެއްކަން އެނގުނީ އެފްބީގަ ދައުރުވަމުން ދިޔަ ވީޑިއޯ ބެލުމުން،" ލައިޝާ ބުނެފައިވެއެވެ.

މީގެ އިތުރުން ލައިޝާ ބުނެފައިވަނީ އޭނާ އަކީ ލަވަކިއުންތެރިއެއް ކަމަށާއި އެ ލަވައިގައި އޭނާ އަދާކޮށްފައިވަނީ ލަވަ ކިއުންތެރިއެއްގެ ދައުރު ކަމަށެވެ. އަދި އެލަވަ ކިޔާފައި އޮތީ ކޮމްޕޯޒަރުގެ އިރުޝާދާ އެއްގޮތަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"މިހެން ވިޔަސް އަޅުގަނޑު ޔަގީންކޮށް އަރުވަން. އަޅުގަނޑުގެ ފަރާތުން ދެން ނުކުންނަ ހުރިހާ ޕްރޮޑަކްޓެއް ވެގެންދާނީ 100 ޕަސެންޓު އޮރިޖިނަލް ޕްރޮޑަކްޓުތަކަކަށް. އަދި މި ލަވައިގެ ކެޕްޝަންގަ އޮރިޖިނަލް ލަވައެއް ކަމަށް ޖެހިފައި އޮތުމުން އެކަމަށް ވަރަށް ބޮޑަށް މައާފަށް އެދެން،" ލައިޝާ ގެ ޕޯސްޓުގައި ވެއެވެ.

"ހޯދޭތޯ މަންޒިލެއް" ލަވަ ހެދުމުގައި ޒިންމާވި ހުރިހާ މީހުން އެ މީހުންގެ ކުށް ގަބޫލުކޮށް މައާފަށް އެދުމަށް ވެސް އެ ޕޯސްޓުގައި އޭނާ ވަނީ ގޮވާލައިފައެވެ. އަދި އެއަމަލީ ދިވެހި މިއުޒިކް އިންޑަސްޓްރީގެ "އަގުވައްޓާލުން" ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

comment ކޮމެންޓް