Sun Online
Ramadan 2017
އެމްއެންޔޫއެސްޔޫއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫއެސްޔޫ
އެމްއެންޔޫއެސްޔޫއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫއެސްޔޫ...

އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

އަލީ ރިފްޝާން
ލިޔުނީއަލީ ރިފްޝާން

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ)އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ތިންވަނަ އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީތަކަށް ހާއްސަކޮށްގެން ރޭ ފެށި އެ މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނެއެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ހަތް ޓީމެއް ބައިވެރިވެފައިވާއިރު، އަންހެން ޑިވިޝަންގައި ނުވަ ޓީމަކުން ވަނީ ބައިވެރިވެފައެވެ. ފިރިހެން ޑިވިޝަން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.

ފިރިހެން ޑިވިޝަންގެ 'ގްރޫޕް އޭ'ގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޓީމާއި، ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލޮޖީގެ ޓީމާއި، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ޓީމު އަދި ފެކަލްޓީ އޮފް އާޓްސްގެ ޓީމެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޓީމާއި، ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ޓީމު އަދި އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ޓީމެވެ.

އަންހެން ޑިވިޝަންގެ 'ގްރޫޕް އޭ'ގައި ހިމެނެނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޓީމު އޭއާއި އެމްއެންޔޫ ބިޒްނަސް ސްކޫލްގެ ޓީމު އަދި ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ޓީމެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޓީމު ބީއާއި، ފެކަލްޓީ އޮފް އާޓްސްގެ ޓީމް އަދި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޓީމެވެ. 'ގްރޫޕް ސީ'ގައި ހިމެނެނީ ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީސްއާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޓީމް އޭ އަދި ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ޓީމް އޭއެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ތިން ގްރޫޕްގެ އެއްވަނަ ޓީމު އަދި ދެވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމެވެ. ފިރިހެން ޑިވިޝަންގެ ސެމީއަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. މިހާރު ފިރިހެން ޑިވިޝަންގެ ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ސެމީން ޖާގަ ހޯދާފައިވާއިރު، ގްރޫޕް ބީގެ އެއްވަނައިގެ ގޮތުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން ވަނީ ޖާގަ ހޯދައިފައެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއޭޝަންގެ އިންޑޯ ހޯލުގައި ކުރިއަށްދާ އެ މުބާރާތް ނިމިގެންދާނީ އަންނަ އާދީއްތަ ދުވަހުއެވެ.

×
DB released.