ޓްރަމްޕްގެ ދެ ދަރިކަލުން ރާއްޖޭގައި

ޑޮނަލްޑް ޓްރަމްޕް އޭނަގެ ދެ ދަރިކަލުންނާ އެކު ---

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދެ ދަރިކަލުން، ޖޭއާރު ޑޮނަލްޑް ޓްރަމްޕާއި އެރިކް ފެޑްރިކް ޓްރަމްޕް ޗުއްޓީ ހޭދަކުރައްވަން ރާއްޖެ ވަޑައިގެންފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުން ރާއްޖެ ވަޑައިގެންފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެ ބޭފުޅުން އެނބުރި އެމެރިކާއަށް ވަޑައިގަންނަވާ ދުވަހެއް ސާފު ނުވި ނަމަވެސް، ޖޭއާރު އާއި އެރިކް ޗުއްޓީ ހޭދަކުރައްވަމުން ދަނީ ޕާ އަކުއަމް ނިޔާމާ ރިސޯޓުގައި ކަން ވަނީ ކަށަވަރުވެފައެވެ.

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނުގެ ވިޔަފާރީގެ ކަންކަން ބަލަހައްޓަމުން އަންނަނީ ޖޭއާރް އާއި އެރިކް އެވެ.

ޖޭއާރު ޓްރަމްޕް ވަނީ 2012 ވަނަ އަަހަރުވެސް ރާއްޖެ ވަޑައިގެން، ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވައިފައެވެ.

comment ކޮމެންޓް