ކުޑަކުއްޖަކަށް ބަރަހަނާ މަންޒަރު ދެއްކި ކަމުގެ ތުހުމަތަށް ބިދޭސީއަކު ހޯދަނީ

ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަފްޒަލް ހޮސައިން (27އ) -- ފޮޓޯ: ޕޮލިސް

ކުޑަކުއްޖަކަށް ބަރަހަނާ މަންޒަރު ދެއްކި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހޯދަން ފުލުހުން ފަށައިފި އެވެ.

އެ މައްސަލާގައި ހޯދަމުން ދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަފްޒަލް ހޮސައިން، 27، އެވެ. ފުލުހުން ހުނީ އޭނާ ހޯދަމުން ދަނީ ކުޑަކުއްޖަކަށް އޭނާގެ ބަރަހަނާ ދެއްކި ކަމަށް ބުނެ، ތ. މަޑިފުށީ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށެވެ.

އޭނާ އާ ބެހޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެކަން ފުލުހުންނާ ހިއްސާ ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް