ބުކިންގް ޑޮޓް ކޮމް: ގެސްޓް ރިވިއު އެވޯޑްސް ސަން ސިޔާމް ރިސޯޓްތަކަށް!

އޮޅުވެލި ބީޗު ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް --

މަޝްހޫރު އޮންލައިން ބުކިން ޕްލެޓްފޯމު ކަމުގައިވާ "ބުކިންގް ޑޮޓް ކޮމް" އިން ދޭ ގެސްޓް ރިވިއު އެވޯޑްސް 2016، ސަން ސިޔާމް ރިސޯޓްސް އަށް ލިބިއްޖެ އެވެ.

މި އެވޯޑުތައް ލިބިފައި ވަނީ ސަން ސިޔާމް ރިސޯޓްސް ގެ އިރުފުއްޓާއި، ސަން އަކުއާ ވިލުރީފާއި އޮޅުވެލި ބީޗް އެންޑް ސްޕާ މޯލްޑިވްސް ރިސޯޓުގެ އިތުރުން ލަންކާގައި ހިންގާ ސަން އަކުއާ ޕަސިކުޑާ އަށެވެ. މި ރިސޯޓުތަކަށް އެވޯޑު ލިބިފައި ވަނީ އެ ރިސޯޓުތަކުގައި ގެސްޓުންނަށް ދޭ ޚިދުމަތާ ގުޅޭ ގޮތުން ބުކިން ޑޮޓް ކޮމްގައި ގެސްޓުން ލިޔެފައިވާ ރިވިއުތަކަށް ބަލާފައެވެ.

އެގޮތުން ސަން ސިޔާމް އިރުފުއްޓަށް ގެސްޓުން 8.8 ގައި ރޭޓުކޮށްފައިވެ އެވެ. ވިލުރީފާއި ލަންކާގައި ހިންގާ ސަން އަކުއާ ޕަސިކުޑާއަށް 8.5 ގައި ރޭޓުކޮށްފައިވާއިރު، އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓު ރޭޓުކޮށްފައިވަނީ 8.1 ގައެވެ.

"އަޅުގަނޑުމެންގެ ގެސްޓުން އަޅުގަނޑުމެން ބަލައިގަނެ އަގުވަޒަން ކުރީތީ އުފާކުރަން. އަޅުގަނޑުމެންގެ މަގުސަދަކީ ގެސްޓުންނަށް އެންމެ ރަނގަޅު ޚިދުމަތްދީ، ރާއްޖޭގައި ތަފާތު ތަޖުރިބާއެއް ކޮށްލުމުގެ މަގު ފަހުކޮށްދިނުން. މި އެވޯޑުން މި ދައްކައިދެނީ އަޅުގަނޑުމެން ޓާގެޓު ކުރި ހިސާބަށް ވާސިލުވެވިއްޖެ ކަން. އަދިވެސް ރަނގަޅު ފެންވަރުގެ ޚިދުމަތް ދިނުމުގައި ދެމިތިބޭނަން،" ބުކިން ޑޮޓް ކޮމް އިން ދޭ ގެސްޓް ރިވިއު އެވޯޑު ސަންގެ ހަތަރު ރިސޯޓަށް ލިބުމާ ގުޅިގެން ސަން ސިޔާމް ރިސޯޓްސްގެ ގްރޫޕް ޑިރެކްޓާ އޮފް ބިޒްނަސް ޑިވެލޮޕްމެންޓް އިވްޖީނިއާ ބޮޔާންކޮވާ ވިދާޅުވިއެވެ.

ސަން ސިޔާމް ގްރޫޕަކީ ހޮޓާތަކާއި ރިސޯޓުތައް ހިންގާ ފަތުރުވެރިކަމުގެ ދާއިރާގެ މަތީ ބްރޭންޑެކެވެ. އެ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރުގެ އަހުމަދު ސިޔާމް މުހައްމަދު އުފެއްދުންތެރިކަމާއި ދުރުވިސްނުމުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދަން އެ ގްރޫޕުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ދެމުން އަންނަ އެންމެ ޝަރަފުވެރި އެވޯޑު، މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި "ސަން" ގްރޫޕުގެ ޗެއާމަން، އަހުމަދު ސިޔާމް މުހައްމަދަށް ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ވެސް ލިބިވަޑައިގެންފައެވެ.

comment ކޮމެންޓް