ހިއްސާދާރުންގެ ބަހަކާއި ނުލައި އެމްޓީސީސީ އިން ބޮޑުކުރި ވެރިންގެ އެލަވަންސް ކުޑަކުރަން އަންގައިފި

އެމްޓީސީސީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިސްވެރިންގެ އެލަވަންސްތައް ބޮޑުކުރަން ނިންމި ނިންމުން ބާތިލްކުރަން ޕުރައިވަޓައިޒޭޝަން ބޯޑުން ނިންމައި އެކުންފުންޏަށް އެކަން އަންގައިފި އެވެ.

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި ވަނީ އެކުންފުނީގެ އިސްވެރިންގެ އެލަވަންސްތައް ބޮޑު ކުރުމަށެވެ.

ޕުރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ސަން އަށް ވިދާޅުވީ ހިއްސާދާރުންގެ މަޝްވަރާއާއި ނުލައި އެގޮތަށް ނިންމާފައި ވާތީ އެނިންމުން ބާތިލްކުރަން އަންގާފައިވާނެ ކަމަށެވެ.

އަދި އެފަދަ ނިންމުމެއް ނިންމާ ނަމަ ޕުރައިވަޓައިޒޭޝަން ބޯޑާއި މަޝްވަރާކުރުމަށް ވެސް އަންގާފައިވާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ އެމްޓީސީސީއަކީ ދިވެހި އެތައް ރައްޔިތަކު ހިއްސާގަނެފައިވާ ކުންފުންޏެކެވެ.

comment ކޮމެންޓް