މީރު ސީފުޑްގެ ކެއުންތައް ލިބޭ "ދަ މެންހާޓަން ފިޝް މާކެޓް" ހުޅުމާލޭގައި ހުޅުވައިފި

މެންހާޓަން ރެސްޓޯރެންޓުގެ ވެއިޓަރެއް ސީފުޑް ސާވް ކުރަނީ-- ރޭގައި ވަނީ އެރެސްޓޯރެންޓް ހުޅުވާފައި-- ފޮޓޯ: އިޝާން

ސީފުޑް ކެއުންތަކަށް ހާއްސަ އިންޓަނޭޝަނަލް ބުރޭންޑެއްކަމަށްވާ "ދަ މެންހާޓަން ފިޝް މާކެޓް" ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

ހުޅުމާލޭ ހޮސްޕިޓަލް ކައިރި ހަދާފައިވާ މިނީ ސޮޕިން މޯލްގެ އެންމެ މަތީގައި ރޭގައި ހުޅުވި އެރެސްޓޯރެންޓަކީ 150 މީހުންގެ ޖާގައިގެ ރެސްޓޯރަންޓެކެވެ.

އެރެސްޓޯރެންޓްގެ ދިވެހި ޕާޓްނަރުކަމަށްވާ ރާނބާ ރެސްޓޯރެންޓް ހިންގާ ސިލްވާ ސްޕޫންގެ ޑިރެކްޓަރު އިބްރާހިމް ނައީމް މިއަދު ސަން އަށް ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ސީފުޑްގެ ކެއުންތައް އެރެސްޓޯރެންޓުން ލިބޭނެ ކަމަށެވެ.

މާލޭގެ އެހެން ރެސްޓޯރެންޓްތަކުގެ ކެއުންތަކުގެ އަގުތަކާއި އެރެސްޓޯރެންޓުގެ އަގުތަކާ މާކަބޮޑު ތަފާތެއް ނުހުންނާނެ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.

މެންހާޓަންގެ ރެސްޓޯރެންޓްތައް މެލޭޝިއާ، ސިންގަޕޫރުގެ އިތުރުން އިންޑިއާގައި ވެސް ހުރެ އެވެ. އެއީ ސީފުޑްގެ ކެއުންތަކަށް ހާއްސަ މަޝްހޫރު ރެސްޓޯރެންޓެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް