އެމްޑީޕީގެ ކޮންގްރެސް މި އަހަރު ބާއްވަނީ

އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެމްޑީޕީގެ ކޮންގްރެސް މި އަހަރުގެ ތެރޭގައި ބޭއްވުމުމަށް ނިންމައިފި އެވެ.

މިކަން އިއުލާނު ކުރެއްވީ މިއަދު އެމްޑީީގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެ ޕާޓީގެ ޗެއާޕާސަން ކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން ލަތީފެވެ.

ހަސަން ލަތީފު ވިދާޅުވީ، އެމްޑީޕީންގެ ކޮންގްރެސް މި އަހަރުގެ ތެރޭގައި ބާއްވާނެ ކަމަށާއި ނަމަވެސް ކޮންގްރެސް ބާއްވާނެ ތާރީޚަކާއި ތަނެއް ކަނޑައަޅާނީ އެޕާޓީގެ ގައުމީ މަޖިލީހުން ކަމަށެވެ.

ކޮންގްރެސް މި އަހަރު ތެރޭގައި ބޭއްވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވެސް ކުރާނެ ކަމަށް ވެސް ޗެއަޕާސަން ވިދާޅުވި އެވެ.

"އެހެންވީމާ ގައުމީ މަޖިލީހުން އެ ނިންމަވާ ތާރީހެއްގަ އިރާދަކުރެއްވިއްޔާ މި ޕާޓީގެ ކޮންގްރެސް މި އަހަރުގެ ތެރޭގައި ބޭއްވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އަޅުނގަނޑުމެން ކުރާނެ،" އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުގެ މަގާމުގައި އުޅުއްވި ހަސަން ލަތީފު ވިދާޅުވި އެވެ.

ޗެއަޕާސަން ވިދާޅުވީ ކޮންގްރެސްގައި ނިންމާނެ ކަންކަން ކޮންގްރެސް އަށް ވަޑައިގަންނަވާ ބޭފުޅުން ހުށަހަޅާއި ފާސްކުރައްވައިގެން ނިންމޭ ގޮތަށް އެކަން ހަމަޖެހިފައިވާ ކަމަށާއި މިވަގުތު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކެނީ ކޮންގްރެސް ބާއްވަން ނިންމައި އެ ކޮންގްރެސް އަށް ތައްޔާރުވުން ކަމަށެވެ.

comment ކޮމެންޓް