ސްވިމިން އެސޯސިއޭޝަންގެ ރީހެބް ޕާޓްނަރަކަށް ފިޓް4ލައިފް ހަމަޖައްސައިފި

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޕްރީ އެންޑް ޕޯސްޓް ރީހެބް ޕާޓްނަރަކަށް ފިޓް4ލައިފް ހަމަޖައްސުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ ސްވިމިން އެސޯސިއޭޝަން

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޕްރީ އެންޑް ޕޯސްޓް ރީހެބް ޕާޓްނަރަކަށް ފިޓް4ލައިފް ހަމަޖައްސައިފި އެވެ.

އެ އެއްބަސްވުމަކީ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ އެކު ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ފެތުންތެރިންގެ ރިހެބިލިޓޭޝަންގެ ކަންކަން ބެލެއްހެއްޓުމަށް ވެވުނު ޕާޓްނަޝިޕް އެއްބަސްވުމެއް ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ސޮއިކުރުމުގެ ހަފްލާގައި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު ވަނީ އެފަދަ ހިދުމަތެއް ރާއްޖޭގެ ފެތުންތެރިންނަށް ފޯރުކޮށްދޭ ކަމަށް ޓަކައި ފިޓް4ލައިފްގެ ވެރިޔާއަށާއި އެ ސެންޓަރުގައި މަސައްކަތްކުރާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ފެތުންތެރިން ފަރިތަކުރުންތައް ކުރިއަށްގެންދާއިރު އަދި، މުބާރާތްތަކުގައި ވާދަކުރާ އިރު ފެތުންތެރިންގެ ކަންކަން ބެލެހެއްޓުމަށް ޓަކައި ފިޓް4ލައިފްގެ އެހީތެރިކަން ލިބިގެން ދިޔުމަކީ، ރާއްޖޭގެ ފެތުންތެރިން އިތުރަށް ކުރިއަރައިގެން ދިޔުމަށް ލިބޭ ވަރަށް ފުރިހަމަ އަދި އެހާމެ ބޭނުންތެރި ހިދުމަތެއް ކަމަށެވެ.

އެ ހަފްލާގައި ފިޓް4ލައިފްގެ ވެރިޔާ، މުހައްމަދު ފަޔާޒް އަލީ ރިޒާ (ފިއްޓެ) ވަނީ އަނިޔާވެ، ފަރިތަކުރުންތަކަށާއި ޕާފޯމަންސްއަށް ބުރޫ އެރުމުގެކުރިން ފަރުވާ ހޯދުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އެ ފުރުސަތު ފިޓް4ލައިފްއަށް ލިބިގެން ދިޔުމުން ސްވިމިން އެސޯސިއޭޝަނަށް ފިއްޓެ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެ އެއްބަސްވުމުގެދަށުން ގައުމީ ފެތުމުގެ ސީނިއާ އަދި ޖޫނިއާ ސްކޮޑްގެ ތެރަޕީއާއި ރީހެބިލިޓޭޝަންގެ ހުރިހާކަމެއް ބަލަހައްޓާނީ ފިޓް4ލައިފް ޕްރީ އެންޑް ޕޯސްޓް ރީހެބް ސެންޓަރުގެ ފަރާތުންނެވެ.

comment ކޮމެންޓް