ބަލި މީހުން ތަޅުންމަތީ ނުބާއްވަން އަންގައިފި

ހުޅުމާލެ ފެރީއަށް އަރުވަން ބަލި މީހަކު ޓާމިނަލް ތަޅުންމަތީ ބާއްވާފައި-- ފޮޓޯ ޓުވިޓާ

ހުޅުމާލެ އިން އިތުރު ފަރުވާއަށް މާލެ ގެންނަ ފަރާތްތައް ފެރީއަށް އެރުވުމުގެ ކުރިން ޓާމިނަލްގެ ތަޅުންމަތީ ބާއްވާ ބޭއްވުން ހުއްޓާލުމަށް އެމްޓީސީސީ އިން ހުޅުމާލޭ ހޮސްޕިޓަލަށް އަންގައިފި އެވެ.

އާންމުކޮށް އޮންނަ އުސޫލަކީ ފެރީއަށް އަރުވަން ގެންނަ ބަލިމީހާ އެމްބިއުލާންސް އިން ސީދާ ފެރީއަށް އަރުވާގޮތަށެވެ. ނަމަވެސް އެމްޓީސީސީ ފެރީއަށް އެރުވުމަށް ހުޅުމާލޭ ހޮސްޕިޓަލުން ގެންނަ ބަލި މީހާ، ފެރީއަށް އެހެން މީހުން އަރައި ހަމަޖެހެންދެން ޓާމިނަލްގައި މީހުން ހިނގާ ތަޅުންމަތީގައި ބާއްވާފައި އޮންނަނީ ސްޓްރެޗާއެގެ މަތީގަ އެވެ.

އެމްޓީސީސީ ހުޅުމާލޭ ފެރީ އޮޕަރޭޝަން މެނޭޖަރު މުހައްމަދު ނާޒިމް ސަން އަށް މިއަދު ވިދާޅުވީ، އެކަން އެގޮތަށް ހިނގީ މައުލޫމާތު އޮޅުވަމުން ކަމަށް ބެލެވޭތީ އެކަން އެގޮތަށް ނުކުރުމަށް އަންގާފައިވާ ކަމަށެވެ.

ަ"މިކަމާ ގުޅޭ ހުރިހާ ފަރާތްތަކާ ވާހަކަ ދައްކައިގެން އަޅުގަނޑުމެން މަސައްކަތް އެބަކުރަން އެއްވެސް އޮޅުމެއް އޮތިއްޔާ އެކަންކަން ހައްލު ކުރަން،" ނާޒިމް ވިދާޅުވި އެވެ.

ބަލިމީހުން ގެންދިއުމަށް ފެރީތަކުގައި ހާއްސަ ގޮތްތަކެއް ހަމަޖައްސާފައި ނުހުންނާތީ އެމްޓީސީސީގެ އެދުމަކީ ބަލިމީހުން މާލެ ގެނައުމަށް ވަކިން ފެރީއެއް ހަމަޖެއްސުން ކަމަށާއި އެހިދުމަތް އެކުންފުނިން ދޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

comment ކޮމެންޓް