'ޑްރެގަން'ގައި ރަންބީރު އަދި އާލިއާ އާއެކު އާމީތާބް ވެސް!

އަޔާން މުކަރްޖީގެ ކުރިއަށް އޮތް ސުޕަހީރޯ ފިލްމު 'ޑްރެގަން' ގެ މުހިންމު ރޯލަކުން ބޮލީވުޑްގެ މެގަސްޓަރ އަމީތާބް ބައްޗަން ވެސް ފެނިގެން ދާނެ ކަން ޔަގީންވެއްޖެ އެވެ.

ަޚަބަރުތައް ބުނާގޮތުން އަމީތާބް ވަނީ ފިލްމަށް އާނ ބަސް ބުނެފައެވެ. އަދި ފިލްމުގައި އަމީތާބް ފެނިގެން ދާނީ ޚާއްސަ ފެނިލުމެއްގެ ގޮތުގައި ނޫން ކަމަށާއި، ފިލްމުގެ މުހިންމު ބޮޑު ރޯލަކުން އަމީތާބް ފެންނާނެ އެވެ.

'ޑްރެގަން' ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޮގަސްޓު މަހު އެވެ.

ޑްރެގަން އަކީ ރަންބީރު ކަޕޫރު، އާލިއާ ބަޓް އަދި އަމީތާބް ބައްޗަން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

'ޑްރެގަން' ގައި ރަންބީރު އަދާކުރާނީ އަލިފާން ދޫކުރުމުގެ ބާރު ލިބިފައިވާ ސުޕަހީރޯ އެއްގެ ރޯލު ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި ފުރަތަމަ ފިލްމު ކާމިޔާބު ވެއްޖެ ނަމަ، 'ޑްރެގަން' ސީރީޒްގެ ތިން ފިލްމު އުފައްދަން ވިސްނާފައި ވާކަމަށް އަޔާން ވަނީ ބުނެފައެވެ.

comment ކޮމެންޓް