މި އަހަރު ކައިވެނި ކުރަން ބޭނުން: ކަންގަނާ

ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅޭ ކަމަށާއި، އަދި މި އަހަރު ތެރޭގައި ކައިވެނި ކުރަން ބޭނުންވާ ކަމަށް ބޮލީވުޑުގެ ހުނަރުވެރި ބަތަލާ ކަންގަނާ ރަނޯތު ބުނެފި އެވެ.

ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ކަންގަނާ ބުނެފައި ވަނީ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ހަގީގީ ލޯބިވާ މީހަކާ ކަމަށެވެ.

"އަހަރެން ބޭނުން މި އަހަރު ކައިވެނި ކުރަން. އުންމީދު ކުރަނީ ކައިވެނި ކުރެވޭނެ ކަމަށް،" ކަންގަނާ ބުނެފައިވެ އެވެ.

ކަންގަނާ ބުނީ މީގެ ކުރިން ލޯބީގައި ކެހި ލިބިފައިވާ ކަމަށާއި، ނަމަވެސް އޭނާ އަށް ވަރަށް ފަސޭހައިން އެ ހިތާމައާ ދުރަށް ދެވޭ ކަމަށެވެ. އަދި އޭނާ އަކީ ދުވަހަކު ވެސް މީހަކާ ރުޅިވުމަށް ފަހު، އެމީހާ ގާތަށް އެނބުރި ނުދާ މީހެއް ކަމަށް ވެސް ކަންގަނާ ބުންޏެވެ.

އަދި އޭނާގެ ކުރީގެ ހުރިހާ ލޯބިވެރިން ވެސް އަލުން ކަންގަނާ އާ ގުޅެން ބޭނުންވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"އެއީ އަހަރެންގެ އަތުގައި އޮންނަ ރެކޯޑެއް،" ކަންގަނާ ބުނެފައިވެ އެވެ.

ކަންގަނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ސައިފް އަލީ ޚާން އަދި ޝާހިދު ކަޕޫރު އާއެކު ފިލްމު 'ރަންގޫން' އިންނެވެ.

comment ކޮމެންޓް