ގެބްރިއެލް ޖީސަސްގެ އަނިޔާ ސީރިއަސް، މުހިންމު މެޗުތަކެއް ގެއްލޭނެ!

ސިޓީން ރޭ ބޯންމައުތުއާ ދެކޮޅަށް ކުޅުނު މެޗުގައި ގެބްރިއެލް ޖީސަސްއަށް އަނިޔާވެގެން ވެއްޓިފައި ---

މެންޗަސްޓާ ސިޓީން ރޭ ކުޅުނު މެޗުގެ ކުރީ ކޮޅުގައި އަނިޔާވެގެން ބަދަލު ކުރަން ޖެހުނު ބްރެޒިލްގެ ޒުވާން ފޯވާޑް ގެބްރިއެލް ޖީސަސްގެ ފައިތިލާގެ ކަށިކޮޅެއް ބިންދައިގެން ގޮސްފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

އުމުރުން 19 އަހަރުގެ ގެބްރިއެލް ޖީސަސް އަށް އަނިޔާވީ ރޭ ބޯންމައިތު އަތުން 0-2ގެ ނަތީޖާ އަކުން ސިޓީ މޮޅުވި މެޗެގެ 15 ވަނަ މިނެޓްގަ އެވެ. ކުރިން ބެލެވިފައި އޮތީ އޭނާގެ އަނިޔާ އެހޭ ސީރިއެސް ނޫން ކަމަށެވެ.

ސިޓީން ރޭ ބޯންމައުތުއާ ދެކޮޅަށް ކުޅުނު މެޗުގައި ގެބްރިއެލް ޖީސަސްއަށް އަނިޔާފައި ---

ނަމަވެސް މިރޭ ސިޓީން ނެރުނު ބަޔާނެއްގައި ބުނީ ގެބްރިއެލް ޖީސަސްގެ ސްކޭން ރިޕޯޓްތަށް މިއަދު ލިބުނު އިރު އޭނާގެ ކަނާއަތު ފައިތިލާގެ ކަށިކޮޅެއް ބިންދައިގެން ގޮސްފައިވާ ކަމަށާއި ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ކަށަވަރުވާނީ އިތުރު ޓެސްޓްތަކަށް ފަހުގައި ކަމަށެވެ.

ބެލެވޭ ގޮތުގައި ގެބްރިއެލް ޖީސަސްއަށް ކުޅުމުގެ ތެރެއަށް އައުމަށް މަދުވެގެން ދެމަސް ދުވަސް ނަގާނެ އެވެ. އެ މުއްދަތުގެ ތެރޭގައި ސިޓީން އަންނަ މަހު ލިވަޕޫލްއާ ޖެހިގެން އަންނަ އޭޕްރިލް މަހު ފުރަތަމަ ހަފްތާގައި އާސެނަލް އަދި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުތައް ވެސް ގެއްލޭނެއެވެ.

ގެބްރިއެލް ޖީސަސް ސިޓީއާ ގުޅުނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ބްރެޒިލްގެ ޕާމަރިއާސްއިން 27 މިލިއަން ޕައުންޑްގެ ފީއަކަށެވެ. ސިޓީއާ ގުޅުނު ފަހުން އޭނާ ވަނީ ފަސް މެޗެއް ކުޅެ ތިން ގޯލު ކާމިޔާބްކޮށްދީފަ އެވެ.

comment ކޮމެންޓް