ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލި މީހުންގެ ތެރެެއިން އެންމެ މަތީ މާކްސް ލިބުނީ ޝަހީގަށް

މަޖިލީހުގެ ތަޅުމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން-- ފޮޓޯ/ މަޖިލިސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރު ކަމަށް ކުރިމަތިލީ އަށް މީހުންގެ ތެރެއިން، އެންމެ މަތިން މާކްސް ހޯދައިގެން އެ މަގާމަށް އައްޔަން ކުރުމަށް އެންމެ އެކަށީގެންވާ މީހާގެ ގޮތުގައި ބ. ގޮއިދޫ ސޯސަންގެ އިބްރާހިމް ޝަހީގު ހޮވިއްޖެ އެވެ.

ސީއެސްސީގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލި މީހުނާ އިންޓަވިއުކޮށް، އެ މީހުންނަށް މާކްސް ދިނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީންނެވެ.

ތައުލީމާއި ތަޖުރިބާ އާއި ނަޒާހަތްތެރި ކަމަށް ރިޔާއަތް ކުރުމަށްފަހު އެ ކޮމެޓީން މާކްސް ދިން ފަރާތްތަކުގެ ތެރެއިން ޝަހީގަކީ ކޮމެޓީން ކަނޑައަޅާފައިވާ ކްރައިޓީރިއާއިން ފާސްވި ހަމައެކަނި ފަރާތެވެ. މިނިވަން މުއައްސަސާތަކަށް ކަނޑައަޅާ މެމްބަރުން ފާސްވަނ ްޖެހޭނީ 75 ޕަސެންޓް މާކްސްއިންނެވެ. ޝަހީގަކީ އެ މިންގަނޑުން ފާސްވި ހަައެކަނި މީހާ އެވެ.

މެމަބަރުކަމަށް ކުރިމަތިލީ އެހެން ފަރާތްތަކަށް މާކްސް ލިބިފައި ވަނީ 69 ޕަސެންޓަށްވުރެ ދަށުންނެވެ. މެމްބަރު ކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރޭގައި ރައީސް ޔާމީންގެ އާއިލީ ބޭފުޅެއް ކަމަށްވާ ޝަމްއޫން ހަމީދު ވެސް ހިމެނި ވަޑައިގަންނަވަ އެވެ.

ކޮމިޓީން މާކްސްދިން އިރު ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަމްރީނާއި އިންޓަވިއު އަދި ޕްރެޒެންޓޭޝަންގެ އިތުރުން ނާޒާހާތްތެރި ކަމަށް ވެސް މާކްސް ދީފައިވާނެ ކަމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް ދިރާސާ ކުރުމަށްފަހު، މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމާފައިވާ ރިޕޯޓު މާދަމާ ބާއްވާ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. ރިޕޯޓަށް ބަހުސް ކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބުނު ތަރުތީބުން ކޮންމެ ނަމަކަށް ވަކިވަކިން ވޯޓަށް އަހާނެ އެވެ.

ކޮމެޓީން ކަނޑައަޅާފައިވާ 75 ޕަސެންޓް މާކްސް އަށް ވުރެ ދަށް މާކްސްއެއް ލިބުނު މީހަކު ވެސް ސީއެސްސީގެ މެމްބަރު ކަމަށް އައްޔަންވުމަކީ އެކަށީގެންވާ ކަމެކެވެ. މަޖިލީހުގައި ނަގާ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަގުލަބިއްޔަތު، ދަށް މާކްސްއެއް ލިބުނު މީހަކަށް ލިބިއްޖެނަމަ އެ މީހަކު އެ މަގާމަށް އައްޔަން ކުރަން ލާޒިމުވާނެ އެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް