ސިނގިރެޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރާ އިސްލާހު މަޖިލީހަށް ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ---- ފޮޓޯ/ މަޖިލިސް

ސިގިރެޓާއި އެނާޖީ ޑްރިންކް އަދި ސޮފްޓް ޑްރިންކްސް އިން ޑިއުޓީ ބޮޑުކުރުމަށް މަޖިލީހަށް ހުށަހަޅާ އިސްލާހު މަޖިލީހަށް ބަލައިގެންފި އެވެ.

މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު، އެކްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ހުށަހެޅީ ސިގިރެޓް ސްޓިކަކުން ދެ ރުރިޔާ ޑިއުޓީއަށް ނަގާށެވެ.

އޭގެއިތުރުން މިހާރު 15 ޕަސެންޓް ޑިއުޓީ ނަގާ އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކުން ހަތަރު ރުފިޔާ 60 ލާރި ނަގަން ވަނީ އިސްލާހު ހުށަހަޅައިފައެވެ.

އެ އިސްލާހު މަޖިލީހަށް ބަލައިގަންނަން 51 މެމްބަރުން ވޯޓު ދީފައިވާ އިރު އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް ނުވަ މެމްބަރުން ވަނީ ވޯޓު ދީފައެވެ.

އެ އިސްލާހު ދިރާސާކުރަން މިހާރުވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މިހާރު ހުށަހަޅާފައިވާގޮތަށް އިސްލާހު ފާސްވެއްޖެ ނަމަ ސިގިރެޓް ފޮއްޓެއްގެ އަގު 90 ރުފިޔާއަށް އުފުލިގެންދާނެ އެވެ. އަދި އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކުގެ އަގުވެސް ބޮޑުތަނުން އުފުލިގެންދާނެ އެވެ.

ސިގިރޭޓުން ނަގާ އިމްޕޯޓްޑިއުޓީ ބޮޑުކޮށްގެން 200 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރާ އިރު އެނާޖީ ޑްރިންކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން ނުވަ މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް