ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރު ފިރިހެން 32 ޓީމާއި އަންހެން 12 ޓީމު

މިދިޔަ އަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ޔުނައިޓެޑް ބީއެމްއެލް --- ސަން ފައިލް ފޮޓޯ/ ޔޫސުފް ސޮފްވާން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް އީދު ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕްގެ ފިރިހެން ބައިގައި 32 ޓީމު ބައިވެރިވެފައިވާއިރު، އަންހެން ބައިގައި 12 ޓީމު ބައިވެރިވެއްޖެއެވެ.

މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕް އަންނަ މަހުގެ 30 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވެއެވެ. އަދި އެ މުބާރާތުގެ ގުރުނެގުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ފިރިހެން ބައިގައި ބައިވެރިވެފައިވާ ޓީމުތަކަކީ ޔުނައިޓެޑް ބީއެމްއެލް، ކްލަބު އެމްއާރްޑީސީ، ޓީމް ފެނަކަ، މޯލްޑިވިއަން، އެމްޕީއެލް، ކްލަބު އެޗްޑީސީ، ކްލަބު އިމިގްރޭޝަން، ހައުސިން، އެސްޓީއޯ ރެކްރިއޭޝަން ކްލަބު، އެމްއޭސީއެލް، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، ސްޓެލްކޯ ރެކްރިއޭޝަން ކްލަބު، ޕޮލިސް ކްލަބު، ދިވެހި ސިފައިންގެ ކްލަބު، ކްލަބު އެމްޓީސީސީ، ސިވިލް ކޯޓު، ޓީމް އެމްވައިއެސް، އެލައިޑް، ފެން ކްލަބު، މޯލްޑިވްސް މީޑިއާ ކްލަބު، ހޯމް އެފެއާޒް ރެކްރިއޭޝަން ކްލަބު، އެމްއެންޔޫ ސްޓާފް ކްލަބު، ޓީސީއެލް، ކްލަބު އާސަންދަ، ތައުލީމީ ގުޅުން، ޓީމް އެފްއެސްއެމް، މޯލްޑިވްގޭސް، ކްލަބު ވެމްކޯ، އެޗްޕީއެސްއެން، ޕްރިސަން ރެކްރިއޭޝަން ކްލަބު، ޓީމް މެޑް އަދި ހެލްތު ރެކްރިއޭޝަން ކްލަބެވެ.

މިދިޔަ އަހަރުގެ ވިމެންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދި ކްލަބު އިމިގްރޭޝަން --- ސަން ފައިލް ފޮޓޯ/ ޔޫސުފް ސޮފްވާން

އަންހެން ބައި ކަމަށްވާ 30/18 ވިމެންސް ފުޓްސަލް ފިއެސްޓާގައި މިއަހަރު ބައިވެރިވެފައިވާ ޓީމުތަކަކީ ކްލަބު އިމިގްރޭޝަން، ޓީމް ފެނަކަ، އެމްއޭސީއެލް، ޕޮލިސް ކްލަބު، ދިވެހި ސިފައިންގެ ކްލަބު، އެމްޕީއެލް، އެސްޓީއޯ ރެކްރިއޭޝަން ކްލަބު، ޓީމް އައިޖީއެމްއެޗް، ސްޓެލްކޯ ރެކްރިއޭޝަން ކްލަބު، ތައުލީމީ ގުޅުން، ޓީމް އޭޑަބްލިޔުއޭ އަދި ކްލަބު އާސަންދައެވެ.

މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ. މިއީ ފިރިހެން ބައި ކުރިއަށްގެންދާ 12 ވަނަ އަހަރުކަމަށްވާއިރު، އަންހެން ބައި ކުރިއަށްގެންދާ މިއީ 8 ވަނަ އަހަރެވެ.

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ އެ މުބާރާތުގައި މިދިޔަ އަހަރު ބައިވެރިވެފައިވަނީ ފިރިހެން 36 ޓީމާއި އަންހެން 16 ޓީމެވެ. މިދިޔަ އަހަރުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އެމްއާރްޑީސީ ބަލިކޮށް، ބީއެމްއެލްއިން ޗެމްޕިއަންކަން ހޯދިއިރު، ފެނަކަ ބަލިކޮށް އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އިމިގްރޭޝަނެވެ.

comment ކޮމެންޓް