Sun Online
މާލޭގެ މާ ވިއްކާ ފިހާރައެއްގެ ތެރެއިން: ވެލެންޓައިންސް ޑޭ އާ ދިމާކޮށް މަލުގެ ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި -- ސަން ފޮޓޯ: މާހިލް މުހައްމަދު
މާލޭގެ މާ ވިއްކާ ފިހާރައެއްގެ ތެރެއިން: ވެލެންޓައިންސް ޑޭ އާ ދިމާކޮށް މަލުގެ ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި -- ސަން ފޮޓޯ: މާހިލް މުހައްމަދު

މަލުގެ ވިޔަފާރިއަށް ޢީދެއް

  • މިދުވަސްވަރު އެންމެ ޑިމާންޑު ބޮޑީ ރަތް ފިނިފެންމަލަށް
  • ފިނިފެން މަލެއް 35 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގައި
  • ބައެއް ފިހާރަތަކުން މަހަކު 6000 ޑޮލަރުގެ މާ އެތެރެކުރޭ
ފަތުހުﷲ ޔާމީން ސައީދު
ލިޔުނީފަތުހުﷲ ޔާމީން ސައީދު

"ހަމަ އޮބި ނޯވެގެން ބަންދު ބޯޑު އަޅުވައިގެން މިތިބީ،" މާލޭގައި މާ ވިއްކާ ފިހާރައެއް ހިންގާ މީހަކު ކިޔައިދިނެވެ. ފިހާރައިގެ ބޭރުގައި ޒުވާން އުމުރުފުރައިގެ ގިނަ އަދަދެއްގެ ކުދީން އޭރު ވެސް ކިޔުހަދާފައި ތިއްބެއެވެ. އޭރު ގަޑިން މެންދުރުފަހު 2:30 ވަނީއެވެ.

މިއީ މާލޭގައި މާ ވިއްކާ އެންމެ ފިހާރައެއްގެ ވާހަކައެވެ. މަލުގެ ވިޔަފާރިއަކީ މާލޭގައި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ވިޔަފާރިއެއް ކަމަށްވާއިރު އެއަށް ޑިމާންޑު އޮންނަކަން، ހަމަ އެކަނި މާލޭގެ މާ ފިހާރަތަކަށް ބަލައިލިއަސް ފެންނާނެ އެވެ. ބޮޑު ތަރުހީބެއް ލިބޭ މި ވިޔަފާރިއަށް އަންނަ އެންމެ ބޮޑު އީދަކީ، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހާ ދިމާކޮށް، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރާ "ލޯބިވެރީންގެ ދުވަސް" ނުވަތަ ވެލެންޓައިންސް ޑޭ އެވެ. އެދުވަހު ނޫނަސް މާފިހާރަތަކަށް އާންމުގޮތެއްގައި ރަނގަޅު މަންފާއެއް ލިބެއެވެ. އެހެން ނަމަވެސް ވެލެންޓައިންސް ޑޭ އާ ގުޅިގެން އަންނަ ޑިމާންޑު ވަރަށް ބޮޑެވެ.

މާލޭގައި މި ވިޔަފާރި ކުރާ ބައެއް ފިހާރަތަކަށް ގޮސް މައުލޫމާތު އޮޅުން ފިލުވާލުމުން، ވެލެންޓައިންސް ޑޭ އާ ގުޅިގެން ޑިމާންޑަށް އަންނަ ކުއްލި ބަދަލު ވަރަށް ސާފުވި އެވެ. އަދި މިދުވަހާ ގުޅިގެން މާ ވިއްކާ އިތުރު ފިހާރަތަކެއްވެސް މާލޭގައި ހުޅުވާފައި އެބަ ހުއްޓެވެ.

މާލޭގެ މާ ވިއްކާ ފިހާރައެއްގެ ތެރެއިން: ވެލެންޓައިންސް ޑޭ އާ ދިމާކޮށް މަލުގެ ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި -- ސަން ފޮޓޯ: މާހިލް މުހައްމަދު

ހަފްތާއެއްގެ މައްޗަށް އާންމުކޮށް މާ ފިހާރައަކުން ގެންނަނީ 500 އާއި 700 ދެމެދުގެ މަލުގެ ޝިޕްމަންޓެކެވެ. މިއީ ހަމަ އެކަނި ރަތް ފިނިފެންމަލުގެ އަދަދެވެ. މަލުގެ ވިޔަފާރިއަށް އަންނަ އީދުގައި އެންމެ ޑިމާންޑު ބޮޑު ވަނީ ރަތް ފިނިފެންމަލަށެވެ.

މި އީދާ ގުޅިގެން އެކި ފިހާރަތަކުން ގެންނަނީ އެކި މިންވަރުގެ ޝިޕްމަންޓުތަކެވެ. އެގޮތުން ބައެއް ފިހާރަތަކުން ވެލެންޓައިންސް ޑޭ އާ ގުޅުވައިގެން އެ ދުވަހުގެ އެއް ހަފްތާ ކުރިން ވަނީ ޝިޕްމަންޓުތައް ގެނެސްފައެވެ.

މާލޭގެ މާކެޓުގައި ރަތް ފިނިފެންމަލެއްގެ އަގު 35 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގެ އަގެއްގައި އުޅޭ އިރު ބައެއް ފިހާރަތަކުން އެ ދުވަހަށް ޚާއްސަކޮށްގެން 5000 ރެޑް ރޯސް ނުވަތަ ރަތް ފިނިފެންމާ ގެނެސްފައިވެއެވެ. އަދި ބައެއް ފިހާރަތަކުން ވަނީ 10،000 ރަތް ފިނިފެންމާ އެތެރެކޮށްފައެވެ.

"މި ދުވަސްވަރު ވަރަށް ބާރު ބޮޑުކޮށްދަނީ. ވަރަށް ބައިވަރު އޯޑާސް އެބަ އާދޭ. މިއީ ވެލެންޓައިންސް ޑޭ އަށް ކޮންމެ އަހަރަކުވެސް ޑިމާންޑު ބޮޑުވާ ދުވަސްވަރެއް. އަޅުގަނޑުމެން މި ދުވަހަށް ޚާއްސަކޮށްގެން 10،000 ރަތް ފިނިފެންމާ އަދި އެހެން ބާވަތްތަކުގެ 20،000 މާ އެބަ ގެންނަން،" މާލޭގައި މަލުގެ ވިޔަފާރި ކުރާ މީހަކު ކިޔައިދިނެވެ.

މި ވިޔަފާރީގައި އުޅޭ އެންމެވެސް އިއްތިފާގުވާ އެއް ވާހަކައެއް އެބަ އޮތެވެ. އެއީ ވެލެންޓައިންސް ޑޭ އަށް ރަތް ފިނިފެންމަލުގެ ޑިމާންޑު ބޮޑުވުމެވެ. މި ދުވަހަށް ޚާއްސަކޮށްގެން ފިހާރަތަކުން ވަނީ އާންމުކޮށް ގެންނަ ފިނިފެންމަލުގެ މިންވަރަށް ވުރެ 20 ޕަސެންޓާއި 35 ޕަސެންޓާ ދެމެދުގެ އިތުރު މިންވަރަކަށް މާ ގެނެސްފައެވެ. މަލުގެ ވިޔަފާރިއަށް އަންނަ މި އީދަށް އެ ވިޔަފާރީގައި އުޅޭ ހުރިހާ ފަރާތްތަކުންވެސް ތިބީ ތައްޔާރު ވެގެންނެވެ.

"ވަރަށް ފުލްކޮށް މިދަނީ. ގިނައިން މި ފޮނުވަނީ ރިސޯޓަށް. ރިސޯޓުތަކުން ވަރަށް ބޮޑެތި އޯޑާސް އާދޭ. މިއަދުވެސް މި ފޮނުވާލަނީ 2000 ރެޑް ރޯސް. މިދުވަސްވަރު މި ވިޔަފާރިން ވަރަށް ބޮޑު ފައިދާއެއް ވޭ،" ރާއްޖެއަށް މާ އެތެރެ ކޮށް އޭގެ ވިޔަފާރި ކުރާ މީހަކު ކިޔައިދިނެވެ.

މާލޭގެ މާ ވިއްކާ ފިހާރައެއްގެ ތެރެއިން: ވެލެންޓައިންސް ޑޭ އާ ދިމާކޮށް މަލުގެ ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި -- ސަން ފޮޓޯ: މާހިލް މުހައްމަދު

މާ ވިއްކާ އިތުރު ފިހާރައަކަށް ވަދެ އަހާލުމުން ބުނީ އެތަނުން ވިއްކަނީ މަލުން އުފައްދާ އެކި ވައްތަރުގެ ޕްރޮޑަކްޓްސް ކަމަށެވެ. އަދި ވެލެންޓައިންސް ޑޭއަށް ޚާއްސަ ޕްރޮޑަކްޓްތަކެއް ތައްޔާރުކޮށްފައިވާ ކަމަށާއި އެކި ޕްރޮޑަކްޓުތަކުގެ އަގުވެސް ތަފާތު ކަމަށް އެތަނުން ބުންޏެވެ. ނަމަވެސް އިއްޔެ ވަރަށް ވިޔަފާރި ރަނގަޅު ކަމަށާއި، އިއްޔެއިން ފެށިގެން "ވަރަށް ބާރު ބޮޑު" ކަމަށް އެ ފިހާރައިން ބުންޏެވެ.

މާލޭގެ އެންމެ ނަން ހިނގާ މާ ވިއްކާ ފިހާރަތަކުން މާ އެތެރެ ކުރަނީ އާންމުކޮށް އެއް މަންޒިލްތަކަކުންނެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މާ އެތެރެ ކުރަނީ ކެންޔާ، އިކުއިޑޯ، ނެދަލެންޑްސް އަދި ޔޫރަޕްގެ ބައެއް ގައުމުތަކުންނެވެ.

މަލުގެ ވިޔަފާރި އަކީވެސް އެއިން ބޮޑު ނަފާއެއް ލިބޭ ވިޔަފާރި އެކެވެ. މި ވިޔަފާރީގައި އުޅޭ މީހުން އާންމު ގޮތެއްގައި މަހެއްގެ މައްޗަށް ރާއްޖެ ގެންނަނީ 6000 ޑޮލަރުގެ މަލެވެ. އެވަރުގެ ޝިޕްމަންޓެއް ގެންނާނީ ގައިމު އެ ވިޔަފާރިން ނަފާ ލިބޭތީތާއެވެ.

ގުޅޭ ޓެގު

ވިޔަފާރި ފީޗަރ
infinity loading...
×
DB released 01.