ވިހި މީހުނާއެކު ދަތުރުކުރި ބޯޓެއް މަނިޔަފުށި ފަރަށް އަރައިފި

ދޯންޏެއް ފަރަށް އަރާފައި: މާލެއިން ފުރައިގެން ފުވައްމުލަކަށް ދަތުރުކުރި ދޯންޏެއް ވަނީ މަނިޔަފުށި ފަރަށް އަރާފައި --- ފައިލް ފޮޓޯ

ވިހި މީހުނާ އެކު ދަތުރުކުރި ދޯންޏެއް މާލެ އަތޮޅު މަނިޔަފުށި ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން އަދުނާން ސަން އަށް ވިދާޅުވީ، އެ ދޯނި ފަރަށް އެރުމުން އެއްވެސް މީހަކަށް ހާނީއްކައެއްވެފައި ނުވާ ކަމަށެވެ.

ދޯނި ފަރަށް އެރިކަން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ މިރޭ ގާތްގަނޑަކަށް 7:19 ހާއިރު ކަމަށް އަދުނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދޯނި ދަތުރުކުރި އިރު އޭގައި ފަސް އަންހެނުންނާއި ކުޑަ ދެކުދިން ތިބި ކަމަށެވެ. އެމީހުނަށް ވެސް ޒަހަމެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީހުން ސަލާމަތްކޮށް ދޯނި ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެ ދޯންޏަކީ މާލެއިން ފުރައިގެން ފުވައްމުލަކަށް ދަތުރުކުރި ދޯންޏެއް ކަމަށް އަދުނާން ވިދާޅުވި އެވެ.

comment ކޮމެންޓް