Sun Online
ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ ---- ސަން ފައިލް ފޮޓޯ
ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ ---- ސަން ފައިލް ފޮޓޯ

ހައްގުތައް ހޯދުމަކީ އަނެކާގެ ހައްގުތަކަށްވުރެ ތިމާގެ ހައްގުތައް އިސްކުރުމެއް ނޫން: ރައީސް

އަހްމަދު އާޒިފް
ލިޔުނީއަހްމަދު އާޒިފް

ހައްގުތައް ހޯދުމަކީ ބައެއްގެ ހައްގުތަކުގެ މައްޗަށް އަނެއް ބައެއްގެ ހައްގުތައް އިސްކުރުން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ކ، ތުލުސްދޫ ބިން ހިއްކުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހައްގުތައް ހޯދައިދޭންވާނީ ދެންތިބި މީހުންގެ ހައްގުތައް ނިގުޅައި ނުގަނެވޭގޮތަށް ކަމަށެވެ.

"ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތަކުގެ ތެރޭގައި ހައްގުތައް ހޯދައިދިނުމަކީ އެހެން މީހުންގެ ހައްގުތައް ނިގުޅިގެން ނުދާނެގޮތަކަށް ހައްގުތައް ހޯދައިދިނުން. އެއްގޮތަކަށް ވެސް ހައްގުތައް ހޯދުމަކީ އެއްބައެއްގެ ހައްގުތަކެއްގެ މައްޗަށް އަނެއް ބައެއްގެ ހައްގުތައް އިސްކުރުމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަނެކާގެ ހައްގު ނިގުޅައިގަނެވޭގޮތަށް ދެންތިބި މީހުންގެ ހައްގުތައް ހޯދައިދޭން ބައެއް ޕާޓީތަކުން ވާހަކަދެއްކިޔަސް އެއީ ސަރުކާރުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

ހުރިހާ ދިވެހީންނަކީ ރާއްޖޭގެ މި ފަސްގަނޑާއި ތަރިކައަށް އެއްވަރަކަށް ހިއްސާއޮތް ބައެއް ކަމަށާއި ވަކި ބައެއްގެ ހިއްސާ ރާއްޖޭގައި ބޮޑު ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންގެ ތަރައްގީއަށް މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ތަރައްގީ އަންނާނީ ރައްޔިތުން ވެސް ސަރުކާރާ ގުޅިގެން ރައްޔިތުންނާ ގުޅުންހުރި ކަންތައްތަކުގައި ސަރުކާރަށް އެއްބާރުލުންދީގެން ކަމަށެވެ.

"ތުލުސްދޫން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އެ ނަމޫނާ. މި ނަމޫނާ އަޅުގަނޑުމެންނަށް ފެނިގެންދާން ބޭނުންވޭ ތުލުސްދޫގައި އިތުރަށްހުރި މަޝްރޫއުތައް ކުރިއަށްދާއިރުވެސް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެ ޚާއްސަ ގިންތިއެއްގެ ގޮތުގައި މި ސަރުކާރުން ބަލައިގަންނަނީ ޒުވާނުން ކަމަށާއި ޒުވާނުންނަށް އިންވެސްޓް ކުރުމަކީ މުސްތަގުބަލަށް އިންވެސްޓް ކުރުން ކަމަށެވެ.

infinity loading...
×
DB released 01.