'ޖޮލީ އެލްއެލްބީ 2' ވެސް ޕާކިސްތާނުގައި ދެއްކުން މަނާކޮށްފި

ޝާހްރުކް ޚާންގެ 'ރައީސް' އަށް ފަހު އަކްޝޭ ކުމާރުގެ 'ޖޮލީ އެލްއެލްބީ 2' ވެސް ޕާކިސްތާނުގައި ނުދެއްކޭނެ ކަމަށް އެގައުމުގެ ސެންސަރު ބޯޑުން ނިންމައިފި އެވެ.

'ރައީސް' ދެއްކުން މަނާކުރީ އެ ފިލްމުގައި އިސްލާމްދީނާ ފުށުއަރާ ކަންތައްތަކެއް ހުރުމުން ކަމަށް ސެންސަރު ބޯޑުން ވަނީ ބުނެފަ އެވެ.

ސުބާޝް ކަޕޫރު ޑައިރެކްޓުކޮށްފައިވާ އެ ފިލްމު ޕާކިސްތާނުގައި ދެއްކުން މަނާކުރީ، ފިލްމުގައި ކަޝްމީރާ ގުޅޭ ވާހަކަތަކެއް ހިމެނޭތީ އެވެ. އޭގެ އިތުރުން ކަޝްމީރު މައްސަލަ ހިމެނޭ އެއްވެސް ހިންދީ ފިލްމެއް ޕާކިސްތާނުގައި ނުދެއްކޭ ގޮތް ހެދުމަށް ވެސް ބޯޑުން ނިންމާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

އެއާއެކު 'ޖޮލީ އެލްއެލްބީ 2' ވެގެން ގޮސްފައިވަނީ މި އަހަރު ޕާކިސްތާނުގައި މަނާކުރި ދެވަނަ ހިންދީ ފިލްމަށެވެ.

އެ ފިލްމު މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ އިރު، ދެ ދުވަހުގެ ތެރޭގައި 30 ކުރޯޑު ރުޕީޒްގެ އާމްދަނީއެއް ވަނީ ހޯދައިފަ އެވެ.

comment ކޮމެންޓް