Sun Online
 ރައީސް ޔާމީން އަތޮޅުތެރޭ ރަށަކަށް ޒިޔާރަތް ކުރުން--- ފޮޓޯ/ ރައީސް އޮފީސް
ރައީސް ޔާމީން އަތޮޅުތެރޭ ރަށަކަށް ޒިޔާރަތް ކުރުން--- ފޮޓޯ/ ރައީސް އޮފީސް

ވަޒަންގެ ހަގީގަތް ނުހޯދިވަނިކޮށް، ރައީސް ޔާމީން ހިންމަފުއްޓަށް

އަހުމަދު ސާއިލް އަލީ
ލިޔުނީއަހުމަދު ސާއިލް އަލީ

ކ. ހިންމަފުށީ ދެ ގެއެއްގެ ދޮރަށް ވަޒަން އެރި މައްސަލައިގެ ހަގީގަތް ނުހޯދިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެ ރަށަށް ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފި އެވެ.

ކ. ތުލުސްދޫ އާއި ހިންމަފުށި ބިން ހިއްކުން އިފްތިތާހްކޮށްދެއްވުމަށް ރައީސް އަބްދުﷲ ޔާމީން މާދަމާ ހިންމަފުއްޓަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އެ ރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ވަނީ ނިންމާފަ އެވެ.

އެ ރަށު ދެގެއަކަށް ވަޒަން އަރައި ރަށުގައި ބިރުވެރިކަން ފެތުރިފައިވާއިރު ރައީސް އެ ރަށަށް ވަޑައިގަތުމާއި ގުޅޭ ގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު ވިދާޅުވީ އެހާ ލަތެއްގައި ދޭންޖެހޭ ސެކިއުރިޓީ ސަލާމަތީ ބާރުން ދޭނެ ކަމަށެވެ.

ހިންމަފުށީ ލިލީނައިޓް ގޭގެ ކުޑަދޮރަށް ވަޒަނެއް އަރާފައި ---

އާންމު ގޮތެއްގައި ރައީސް މިހާރު ރަށްރަށަށް ވަޑައިގަންނަވާއިރު ސެކިއުރިޓީ ވަރަށް ވަރުގަދަ ކުރެއެވެ. އެގޮތުން ހަތިޔާރާއެކު ސިފައިން އެ ރަށްރަށަށް އަރައެވެ.

ހިންމަފުށީ ދެ ގެއެއްގެ ދޮރަށް ވަޒަން އަރާފައިވާއިރު އެ ރަށު މީހުން ބުނަނީ އެއީ އެ ރަށް ކައިރި އޮންނަ ސިފައިން ތަމްރީނު ހަދާ ރަށް ކަމަށްވާ ގިރިފުށިން އަންނަ ވަޒަންތަކެއް ކަމަށެވެ. ނަމަވެސް ސިފައިން އެކަން ދޮގުކުރެ އެވެ.

ދެން އޮތީ އެ ރަށުގައި ހަތިޔާރު ގެންގުޅެނީތޯ ކުރެވޭ ސުވާލެވެ. އެކަމާއި ގުޅޭ ގޮތުން ފުލުހުން ވަނީ އެރަށުގައި ހަތިޔާރު ނުގެންގުޅޭކަން "ސަން"އަށް ކަށަވަރުކޮށްދީފަ އެވެ.

infinity loading...
×
DB released 01.