ލާމު އެކްސިޑެންޓުގައި ސީރިއަސް އަނިޔާވި މީހާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

ލ. ލިންކު ރޯޑުގައި ހުކުރު ދުވަހު އެކްސިޑެންޓް ހިނގި ސަރަހައްދު: އެ އެކްސިޑެންޓުގައި 27 އަހަރުގެ ޒުވާނަކު ވަނީ މަރުވެފައި --- ފޮޓޯ/ ފޭސްބުކް

ލާމު ލިންކް ރޯޑުގައި މިދިޔަ ހުކުރު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން އިތުރު ފަރުވާއަށް މާލެ ގެނައި މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ ހެނދުނު އިތުރު ފަރުވާ ދިނުމަށް މާލެ ގެނައި ގަމު ތުނޑީ އަވަށަށް ނިސްބަތްވާ އިބްރާހީމް ޝަކީބު އަށް އިއްޔެ އެ ހޮސްޕިޓަލްގެ އެމަޖެންސީގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ އީއެންޓީ ވޯޑަށް ބަދަލު ކޮށްފައި ކަމަށެވެ.

އިބްރާހީމް ޝަކީބް އީއެންޓީ ވޯޑަށް ބަދަލު ކުރިނަމަވެސް އަދިވެސް ދަނީ އިތުރު ޓެސްޓު ތައް ހަދަމުން ކަމަށް އައިޖީއެމްއެޗްގެ އޮފިޝަލް ސަން އަށް ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު ހަވީރު ގަމު މާންދޫ "ބެންޑު" ކައިރީގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އެކަކު ވަނީ މަރުވެފައެވެ. މަރުވެފައި ވަނީ ލ.ގަން ތުނޑި، ރާޒް، އުމުރުން 27އަހަރުގެ މުހައްމަދު ރިފްޝާނެވެ. ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށެވެ.

comment ކޮމެންޓް