ރިޓަޔާ ވުމުގެ ވިސްނުމެއް ނެތް: އަމީތާބް ބައްޗަން

އަމީތާބް ބައްޗަން: ފިލްމީ ދާއިރާ ދޫކޮށްލުމުގެ ވިސްނުމެއް ނެތް --

އުމުރުން ދުވަސްވީ ނަމަވެސް ފިލްމީ ދާއިރާ ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށް މެގަ ސްޓާ އަމީތާބް ބައްޗަން ބުނެފި އެވެ.

އުމުރުން 74 އަހަރުގެ އަމީތާބް އޭނާގެ އަމިއްލަ ބްލޮގް ގައި ލިޔެފައި ވަނީ އަމިއްލައަށް ރިޓަޔާވެ އަރާމު ކުރަން މީހުން ލަފާދޭ ކަމަށާއި، ނަމަވެސް އޭނާ އަމިއްލައަށް ރިޓަޔާ ނުވާނެ ކަމަށެވެ.

"ފިލްމީ ދާއިރާ އިން އަހަރެން ރިޓަޔާ ކުރަންދެން ނޫނީ އަހަރެންގެ ސިއްހަތު މިކަމަށް އިތުރަށް ފުރުސަތު ނުދޭ ހިސާބަށް ދަންދެން ކޮންމެ ދުވަހެއްގެ ކޮންމެ ގަޑިއިރެއްގައި ވެސް މަސައްކަތް ކުރާނަން،" އަމީތާބް ބުންޏެވެ.

އަމީތާބް ބުނީ އެކި މީހުން ކާމިޔާބީ މިން ކުރާނީ އެކި ގޮތަށް ކަމަށާއި، އޭނާ އަކީ މާ މަޝްހޫރު، މުއްސަނދި މީހެއްގެ ގޮތުގައި ގަބޫލު ނުކުރާ ކަމަށެވެ.

އަމީތާބް އަކީ މުޅި ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. ފަހުން ރިލީޒް ކުރި 'ޕާ'، 'ޕިންކް' އަދި 'ޕީކޫ' ފަދަ ފިލްމުތަކުގައި އަމީތާބް ދައްކުވައިދީފައި ވަނީ ތައުރީފު ހައްގު އެކްޓިން އެކެވެ.

comment ކޮމެންޓް