މާމިގިލިން 130 މީހަކު ޕީޕީއެމް އަށް އަލަށް ސޮއިކޮށްފި

މާމިގިލީ ޕީޕީއެމްއާ އަލަށް ގުޅުނު މީހުންގެ ފޯމްތައް މިނިސްޓަރު ތޯރިގާ ހަވާލު ކުރަނީ --

އދ. މާމިގިލީން 130 އަށް ވުރެ ގިނަ މެމްބަރުން އަލަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިއްޖި އެވެ.

އިއްޔެ ތާޖުއްދީން ސްކޫލްގައި އޮތް ބައްދަލުވުމެއްގައި އެ ފޯމްތައް އެންވަޔަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމާ ހަވާލުކޮށްދެއްވީ ޕީޕީއެމްގެ މާމިގިލީ ފޯކަލް ޕޮއިންޓް އަހުމަދު ފަޔާޒު އިބްރާހީމް އެވެ. އޭނާ ވިދާޅުވީ އެ އަދަދަށް ފޯމް ފުރީ ވަރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަމަށާއި ކުރި އަށް އޮތް މަސް ދުވަހުގެ ތެރޭގައި ވެސް އިތުރު 50 ވަރަކަށް މެންބަރުންގެ ފޯމް ޕީޕީއެމްއާ ހަވާލު ކުރާނެ ކަމަށެވެ.

މާމިގިލީ ޕީޕީއެމްއާ އަލަށް ގުޅުނު މީހުންގެ ފޯމްތައް ހަވާލު ކުރުމަށް ފަހު މެޑަމް ފާތުންނާ ބައްދަލު ކުރަނީ --

އަންނަ އެޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ޕީޕީއެމް ޓިކެޓްގައި މާމިގިއްޔަށް ތިން ކެންޑިޑޭޓަކު ވާދަ ކުރާނެ ކަމަށާއި އަދި އަތޮޅު ކައުންސިލަށް އެއް ކެންޑިޑޭޓަކު ވާދަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ތޯރިގް އިބްރާހީމްގެ ޓުވިޓާ އެކައުންޓުގައި ވެސް އިއްޔެ ވިދާޅުވެފައި ވަނީ މާމިގިލީން އަލަށް 130 މީހަކު ޕީޕީއެމްއާ ގުޅިފައިވާ ކަމަށެވެ.

comment ކޮމެންޓް