ނީލް ނިތިން މުކޭޝް ކައިވެނިކޮށްފި

ނީލް އަދި ރުކްމިނީގެ ކައިވެނީގެ ތެރެއިން --

މިޔުޒިކީ ލެޖެންޑު މުކޭޝްގެ ކާފަ ދަރިފުޅު އަދި ބޮލީވުޑް ފިލްމުތަކުން ފެނިގެން ގޮސްފައިވާ އެކްޓަރު ނީލް ނިތިން މުކޭޝް އާއި ރުކްމިނީ ސަހާއޭ ކައިވެނި ކޮށްފި އެވެ.

ނީލް އާއި ރުކްމިނީ ކައިވެނިކޮށްފައި ވަނީ އުދެއިޕޫރުގައި ހުންނަ ފަސް ތަރީގެ ހޮޓަލެއްގައެވެ. ދެ މީހުންގެ ކައިވެނީގެ ހެދުން ވެސް ފަރުމާ ކޮށްފައި ވަނީ ސަރަތު ކްރިޝްނަން އެވެ.

ދެ މީހުންގެ ކައިވެނީގެ ހަފްލާއަށް ދައުވަތު ދީފައި ވަނީ ދެފަރާތުގެ އާއިލާ އާއި ގާތް އެކުވެރިން އެކަންޏެވެ. ނަމަވެސް މި މަހުގެ 17 ވަނަ ދުވަހު ބޮލީވުޑުގެ ފަންނާނުންނަށް ޚާއްސަ ޕާޓީ އެއް މުމްބާއީގައި ބާއްވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ނީލް އާއި ރުކްމިނީ އެންގޭޖް ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ރުކްމިނީ އަކީ އޭވިއޭޝަންގެ ދާއިރާގައި މަސައްކަތް ކުރާ މީހެކެވެ. ދެމީހުންގެ ކައިވެނީގެ ކަންކަން ނިންމާފައި ވަނީ ދެފަރާތުގެ އާއިލާ އިންނެވެެ.

comment ކޮމެންޓް