އައްޔަގެ ހެޓްރިކާއެކު އަދުރޭ ފުޓްސަލް ޗެލެންޖް ކަންމަތި އެފްސީން ކާމިޔާބުކޮށްފި

އަދުރޭ ފުޓްސަލް ޗެލެންޖް 2017'ގެ ޗެމްޕިއަންކަން ހޯދި ކަންމަތީ އެފްސީއާ ޓްރޮފީ ހަވާލްކޮށްދެއްވަނީ --- ފޮޓޯ: ޕީއެސްއެމް

ލ.ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲގެ ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ 'އަދުރޭ ފުޓްސަލް ޗެލެންޖް 2017'ގެ ޗެމްޕިއަންކަން ކަންމަތީ އެފްސީން ހޯދައިފި އެވެ.

ލ.ފޮނަދޫ މެދުއަވަށު ކުޅޭ ބިމުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗު 6-3ގެ ނަތީޖާ އަކުން ކަންމަތީ އެފްސީން ކާމިޔާބު ކުރީ އެފްސީ ޕެޓްރަސްގެ ބަލިކޮށްގެންނެވެ.

ޖުމްލަ 21 ޓީމް ވާދަކުރި އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ކަންމަތީ އެފްސީން ފައިނަލަށް ދަތުރުކޮށްފައި ވަނީ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްގެންނެވެ. ޕެޓްރަސް ހިމެނިފައި ވަނީ ގްރޫޕް ބީގައެވެ. އެޓީމު ވެސް ފައިނަލަށް ދަތުރުކޮށްފައި ވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ.

ފައިނަލް މެޗުގައި ކަންމަތީގެ ހަ ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށް ޓީސީ ސްޕޯޓްސަށް ކުލެމުންދާ އަލީ ހާފިޒް (އައްޔަ) ވަނީ ހެޓްރިކެއް ހަދާފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އައްޔައެވެ. ކަންމަތީގެ އަނެއް ތިން ގޯލުގެ ތެރެއިން ދެ ގޯލު އަބްދުﷲ ސައްފާނު ކަމިޔާބް ކުރިއިރު އަނެއް ގޯލު ކާމިޔާބްކޮށްދިނީ ކްލަބް ވެލެންސިއާގެ ފޯވާޑް ހަސަން އަދުހަމް(ސަޑޭ) އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ކަންމަތި އެފްސީއަށް 26 ގޯލު ކާމިޔާބު ކޮށްދިން ޝައްފާންއެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ ކަންމަތި އެފްސީގެ ޝައްފާން އާއި އަހުމަދުހަލީމް އާއި މުހައްމަދު ރަޝީދު އާއި އެފްސީ ޕެޓްރާސްގެ މޫސާ ހާނިމްގެ އިތުރުން އަލީ އިރުފާދުއެވެ.

ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ އާއި ރަން މެޑަލް އަދި ޓްރޮފީ ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ސަރަފްވެރި މެހެމާނު ދިފާއީ ވަޒީރު އާދަމް ޝަރީފް އުމަރާއިި ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު(ދަގަނޑޭ)އެވެ.

ރަނަރަޕް ޓީމަށް 15،000 ރުފިޔާދިންމިމުބާރާތުގެ ތިންވަނަ ހޯދި ގޯޅި ސްޕޯޓްސް ކްލަބަށް ވަނީ 7500 ރުފިޔާ އަދި ފެއާ ޕްލޭ ޓީމަށް ހޮވުނު އެފްސީ ޕެޓްރާސްއަށް ވަނޫ 3500 ރުފިޔާގެ ފައިސާގެ އިނާމް ދީފައެވެ.

comment ކޮމެންޓް