ފުވައްމުލަކު ކުޅިއެއްގައި ރޯކޮށްލައިފި

ފުވައްމުލަކު ދަނޑިމަގު އަވަށު ކުޅި ސަރަހައްދުގައި ރޯކޮށްލާފައި ---

ފުވައްމުލަކު ދަނޑިމަގު އަވަށު ކުޅި ސަރަހައްދުގައި އަލިފާން ރޯކޮށްލައިފި އެވެ.

ފުވައްމުލަކު ދަނޑިމަގު ކައުންސިލްގެ ރައީސް ހުސައިން ފަހުމީ ސަން މިއަދު ވިދާޅުވީ، އެތަނުގައި އަލިފާން ރޯކޮށްލި ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ކަމަށާއި ތަނުގައި ރޯކޮށްލި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

"އާއްމުކޮށް އިރުވައި މޫސުމުގައި އެތަން އޮންނާނީ ވަރަށް ބޮޑަށް ހިކިފައި. ދެން އެތަނުގައި ކުދިންތަކެއް ރޯކޮށްލީ ކަމަށް ބެލެވެނީ. އުޅޭނެ ތަންކޮޅެއް 'ވިޔާނުދާ' ކުދިން،" ކައުންސިލަރު ފަހުމީ ވިދާޅުިވއެވެ.

ހާދިސާއެއްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ފުވައްމުލަކު ކުޅި ސަރަހައްދުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރީ ފުލުހުންނާއި އެމްއެންޑީއެފް ފަޔާމަނުން ގުޅިގެން ކުރި މަސައްކަތުންނެވެ.

comment ކޮމެންޓް