Sun Online
ޕީޕީއެމްގެ އާ އޮފީސް ހުޅުވުމަށް މިރޭ ހ. ހުރަފައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޔާމީން ފާހަކަފުޅު ދައްކަވަނީ --- ފޮޓޯ// ފަޔާޒު މޫސާ
ޕީޕީއެމްގެ އާ އޮފީސް ހުޅުވުމަށް މިރޭ ހ. ހުރަފައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޔާމީން ފާހަކަފުޅު ދައްކަވަނީ --- ފޮޓޯ// ފަޔާޒު މޫސާ

އިދިކޮޅު ފަރާތްތަކަށް ރައީސްގެ މެސެޖް، އަސުރުމާ ހުންނާނީ އަބަދުވެސް ފޮޅިފައި

ފާތިމަތު ސައީދު
ލިޔުނީފާތިމަތު ސައީދު

ިއަސުރު މަލަކީ އަބަދުވެސް ފޮޅިފައި، އެމަލުގެ ފަރިކަން މުޅި ރާއްޖެއަށް ދައްކާލަދޭނެ މަލެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އާ އޮފީސް ހުޅުވުމަށް މިރޭ ހ. ހުރަފައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްއަކީ ތަރައްގީއަށް މަސައްކަތްކުރާ އެންމެ ބޮޑު އެއްޕާޓީއަށްވުމުން، ތަރައްގީގެ އެންމެ ބޮޑު ބިނާ، "ބްރިޖް" ފެންނަ ހިސާބުގައި އެންމެ ކައިރީގައި ހުންނަން ވާނީ ޕީޕީއެމްގެ އޮފީސް ކަމަށެވެ.

"އަޅުގަނޑު އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން ބޭނުންވަނީ އަސުރުމަލަކީ ހުރިހާ އިރަކުވެސް ފޮޅިފައި، އަދި އެމަލުގެ ނަލަކަން ޗާލުކަން މުޅި ދިވެހި ޖީލަށް ފާއްދާލަދޭނެެ މަލޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްއަކީ ވަކި މީހެއްގެ ފިކުރަކަށް އުފައްދާފައި އޮތް ޕާޓީއެއް ނޫން ކަމަށާއި އެއީ ޕާޓީއަށް ގެޒެޓްކުރެވި ލިޔެކިޔުމުން ލިޔެވިފައި އޮތް ފިކުރެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެފިކުރު އަމިއްލަ ފަރުދަކަށް މާނަ ނުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މިދިއަ އަހަރު އޮކްޓޫބަރު މަހު ޕީޕީއެމަށް އައި ބަދަލާ ގުޅިގެން މިހާރު ޕާޓީގެ ހަރަކާތްތަށް އިތުރުވެފައިވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި އެއީ ޕާޓީގެ އާންމެ މެމްބަރުންނަށް ޕާޓީ ހަވާލު ކުރެވުނު ދުވަސް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ޕީޕީއެމްގެ މެމްބަރުންނަށް ރައީސް ޔާމީން ވަނީ ހާއްސަ އިލްތިމާސެއް ކޮށްފައެވެ. ވިދާޅުވީ ސުވާލު ކުރަންވީ ޕާޓީން ތިމަންނައަށް ކޮށްދޭނީ ކޮން ކަމެއްތޯ ނޫން ކަމަށާއި ޕާޓީއަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުން އަދި ގިނަ އަދަދެއްގެ އާންމު މެމްބަރުން ބައިވެރިވެވަޑައިތެވެ.

infinity loading...
×
DB released 01.