ޕީޕީއެމްގެ އާ އޮފީސް ހުޅުވައިފި، ފަރުމާކުރެއްވީ ރައީސް ޔާމީން

ޕީޕީއެމްގެ އާ އޮފީސް --- ފޮޓޯ// ޓްވިޓަރ

ިރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ހާއްސަ ފަރުމާއަކާއެކު ޕީޕީއެމްގެ އާ އޮފީސް ހުޅުފައިފިއެވެ.

ހ. ހުރަފައިގައި ގާއިމްކޮށްފައިވާ އެ އޮފީސް މިރޭ ހުޅުވައިދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ފަސްޓްލޭޑީ މެޑަމް ފާތިމަތު އިބްރާހިމް އެވެ.

ތަފާތު ފަރުމާއަކާއެކު ގާއިމްކޮށްފައިވާ އެ އޮފީސް ހުޅުވުމަށް މިރޭ ކުރިއަށްދާ ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެއީ " ރާއްޖޭގައި ހުރި ސިޔާސީ ޕާޓީއެއްގެ އެންމެ ފުރިހަމަ އޮފީސް" ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ޕާޓީގެ ހުރިހާކަމެއް ކުރިއަށްދާނީ އެ އޮފީހުގައި ކަމަށް ޕީޕީއެމުން ބުންޏެވެ.

ޕީޕީއެމްގެ ނައިބު ރައީސުންނާއި ދައުލަތުގެ ވަޒީރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި އެ ހަފްލާގައި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.

ޕީޕީއެމްގެ ތެރޭގައި އުފުދެނު ބޮޑު ކޯޅުމަކާ ގުޅިގެން ޕީޕީއެމްގެ ހިންގުމަށް ބަދަލުއައިފަހުން ޕާޓީގެ މަސައްކަތްތަށް ކުރަމުންދިޔައީ ދަރުބާރުގޭގައެވެ. ކުރިން ޕީޕީއެމް ހިންގަމުން ދިޔަ އޮފީހުގައި މިހާރު ގާއިމް ކޮށްފައިވަނީ ޕީޕީއެމްގެ ރައީސްގެ އޮފީހެވެ. އެތަނުގައި މަސައްކަތް ކުރައްވަނީ ރައީސް މައުމޫނެވެ.

comment ކޮމެންޓް