ރަންވީރު އަދި އާލިއާ ފުރަތަމަ ފަހަރަށް އެއް ފިލްމަކުން!

ރަންވީރު އަދި އާލިއާ: އެކުގައި ފިލްމަކުން ފެނިގެންދާނެ

ފަރްހާން އަޚްތަރު އަދި ޒޯޔާ އަޚްތަރުގެ ކުރިއަށް އޮތް ފިލްމު 'ގަލީ ބޯއި' ގައި ހުނަރުވެރި ދެ ފަންނާނުން ކަމުގައިވާ ރަންވީރު ސިންގ އަދި އާލިއާ ބަޓް އެކުގައި ފެނިގެންދާނެ ކަން ޔަގީންވެއްޖެ އެވެ.

މިއީ އާލިއާ އަދި ރަންވީރު އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. މީގެ ކުރިން ދެ ތަރިން ވަނީ އިޝްތިހާރެއްގައި އެކުގައި މަސައްކަތް ކޮށްފައެވެ.

ފިލްމާ ގުޅޭގޮތުން އާލިއާ ބުނެފައި ވަނީ ރަންވީރު އަދި ޒޯޔާ އާއެކު މަސައްކަތް ކޮށްލުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ރަންވީރުގެ އިތުރުން މިއީ ޒޯޔާ އާއި ފަރްހާން އާއެކު ވެސް އާލިއާ ކުރާ ފުރަތަމަ މަސައްކަތެވެ. ރަންވީރު ވަނީ މީގެ ކުރިން ޒޯޔާ އާއި ފަރްހާންގެ 'ދިލް ދަޅަކްނޭ ދޯ' ގައި ފެނިގެން ގޮސްފައެވެ.

މިވަގުތު ރަންވީރު ސިންގ އަންނަނީ ސަންޖޭ ލީލާ ބަންސާލީގެ 'ޕަދްމާވަތީ'ގެ މަސައްކަތް ކުރަމުންނެވެ. އަދި އާލިއާ އަންނަނީ ވަރުން ދަވާން އާއެކު ފެނިގެންދާ 'ބަދްރީނާތު ކީ ދުލްހަނިޔާ' ގެ ޕްރޮމޯޝަން މަސައްކަތުގައި އަވަދިނެތި އެވެ.

އެހެންކަމުން 'ގަލީ ބޯއި' ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހު އެވެ.

comment ކޮމެންޓް