ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

ގއ. ވިލިނގިލީ ސިލްވަރވިލާ އިބްރާހީމް ރަޝީދު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ކަމަށް އަނެއްކާވެސް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އެ މިނިސްޓްރީގެ ކޯޑިނޭޓަރު ކަމަށް ރައީސް އައްޔަން ކުރެއްވީ ގއ. ވިލިނގިލީ ސިލްވަރވިލާ އިބްރާހީމް ރަޝީދެވެ.

ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުޖުތާޒު ސޮއިކުރައްވައި އިބްރާހީމް ރަޝީދަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރުގެ ދަށުން ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ކަމަށް އިބްރާހީމް ރަޝީދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

އިބްރާހީމް ރަޝީދަކީ މީގެކުރިން ވިލިނގިލީ ޒުވާނުންގެ މަރުކަޒުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް