މަލައިކާ އަރޯރާ ފިލްމަކުން ފެނުމުގެ ފުރުސަތެއް ނެތް!

މަލައިކާ އަރޯރާ ---

ބޮލީވުޑުގެ އެކްޓްރެސް މަލައިކާ އަރޯރާ ފިލްމަކުން ފެނުމިގެ ފުރުސަތު ކުޑަކަމަށް އޭނާ ބުނެފި އެވެ.

މަލައިކާ ބުނީ ފިލްމެއްގެ ރޯލެއް ކުޅެން ދުވަހަކު ވެސް ޝައުގުވެރިކަން ނުހުންނަ ކަމަށާއި، ޝައުގުވެރިވަނީ އައިޓަމް ލަވަ ތަކަށް ކަމަށެވެ.

މަލައިކާ ވަނީ 'ޗައްޔަ ޗައްޔާ' 'މާހީ ވޭ' އަދި 'މުންނީ ބަދްނާމް' ފަދަ ހިޓް ލަވަތަކުގައި ހަރަކާތްތެރިވެފަ އެވެ.

"ބޮޑު ސްކްރީނަށް އަހަރެން އެއްވެސް އިރެއްގައި ޝައުގުވެރިކަމެއް ނެތް. ފިލްމަކުން އަހަރެން ފެނިގެން ގޮސްފައި ހުންނާނީ ޚާއްސަ ލަވަޔަކުން ނޫނީ ޚާއްސަ ފެނިލުމަކުން. ބޮޑު ފިލްމެއް ކުޅޭކަށް ވިސްނުމަކު ނެތް،" މަލައިކާ ބުންޏެވެ.

މަލައިކާ ބުނީ ބޮޑު ސްކްރީނާ ދުރުގައި ހުރީ އާއިލާ އާއި ދަރިންގެ ޒިންމާތަކުގެ ސަބަބުން ނޫން ކަމަށެވެ.

މޮޑެލް ކުރުމުގެ އިތުރުން ޓީވީ އިން ގެނެސްދޭ ނެށުމުގެ މުބާރާތްތަކުގައި ފަނޑިޔާރެއްގެ ގޮތުން ވެސް މަލައިކާ ފެނިގެން ދެ އެވެ.

comment ކޮމެންޓް