ސަލްމާންގެ 'ޓިއުބްލައިޓް'ގެ ޝޫޓިން ނިންމާލައިފި

ޓިއުބްލައިޓްގެ ޝޫޓިން ނިންމާލިކަން ހާމަކުރުމަށް ކަބީރު ޚާން ޕޯސްޓު ކުރި ފޮޓޯ: ފިލްމު ރިލީޒް ކުރާނީ އީދުގައި ---

ކަބީރު ޚާން ޑައިރެކްޓުކޮށް ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ޓިއުބްލައިޓް'ގެ ޝޫޓިން ނިންމާލައިފި އެވެ.

ފިލްމުގެ ޝޫޓިން ނިންމާލާފައި ވާކަން ހާމަކުރުމަށް ކަބީރު ޚާން ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ވަނީ ކާމިޔާބު ކަމާ އެކު ފިލްމުގެ ޝޫޓިން ނިންމާލެވުނީތީ، ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

މިއީ ކަބީރު ޚާން އަދި ސަލްމާން އެކުގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. ފިލްމުގައި ސަލްމާންއާ އެކު ފެނިގެން ދާނީ ޗައިނާގެ އެކްޓްރެސް އެއް ކަމަށްވާ ޒޫ ޒޫ އެވެ.

މި އަހަރުގެ އީދާ ދިމާކޮށް ރިލީޒް ކުރަން ހަމަޖެހިފައިވާ އެ ފިލްމުގައި ޝާހު ރުކް ޚާންގެ ޚާއްސަ ފެނިލުމެއް ވެސް ހިމެނޭނެ އެވެ.

'ޓިއުބްލައިޓް' އަކީ 1962 ވަނަ އަހަރު އިންޑިއާ އާއި ޗައިނާ އާދެމެދު ކުރެވުނު ހަނގުރާމައިގެ މައްޗަށް އުފައްދާ ފިލްމެކެވެ.

comment ކޮމެންޓް