ޕާކިސްތާނުގައި 'ރައީސް' ދެއްކުން މަނާކޮށްފި

ޝާހު ރުކް ޚާން އަދި ޕާކިސްތާނު އެކްޓްރެސް މާހިރާ ޚާންގެ ފިލްމު 'ރައީސް' ޕާކިސްތާނުގައި ރިލީޒް ކުރާނެ ކަމަށް ބެލެވުނު ނަމަވެސް، ޕާކިސްތާނުގައި އެ ފިލްމު ރިލީޒް ކުރުން މަނާކޮށްފި އެވެ.

ޕާކިސްތާނުގެ ސެންޓްރަލް ސެންސަރު ބޯޑުން، އެ ގައުމުގައި ރައީސް ދެއްކުން މަނާކުރީ އެ ފިލްމުގައި އިސްލާމް ދީނާއި މުސްލިމުން ސިފަކޮށްފައިވާ ގޮތުންނެވެ.

'ރައީސް' ގައި އިސްލާމް ދީން ނިސްބަތްކޮށްފައި ވަނީ ޝިއައީ މަޛްހަބަށް ކަމަށާއި، އަދި އެ ފިލްމުގައި މުސްލިމުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށާއި އެހެންކަމުން ޕާކިސްތާނުގައި ފިލްމު ނުދެއްކޭނެ ކަމަށް ސެންސަރު ބޯޑުން ވަނީ ނިންމައިފައެވެ.

އެ ފިލްމާ އެއް ދުވަހެއްގައި ރިލީޒް ކުރި ރިތިކް ރޯޝަންގެ ކާބިލް ވަނީ ޕާކިސްތާނުގައި ރިލީޒްކޮށްފައެވެ. އަދި އެ ފިލްމަށް ބޮޑު ތަރުހީބެއް ވެސް އަންނަނީ ލިބެމުންނެވެ.

comment ކޮމެންޓް