'ޖުޅްވާ 2'ގެ ޝޫޓިން ފަށައިފި

ނަވާރަސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު 'ޖުޅްވާ'ގެ ދެވަނަ ބައި، 'ޖުޅްވާ 2' ގެ ޝޫޓިން ފަށައިފި އެވެ.

'ޖުޅްވާ 2' ވެސް ޑައިރެކްޓު ކުރަނީ ފުރަތަމަ ފިލްމު ވެސް ޑައިރެކްޓު ކުރި ޑޭވިޑް ދަވަން އެވެ. ފިލްމު ޕްރޮޑިއުސް ކުރާނީ ސާޖިދު ނާދިއަދްވާލާއެވެ.

ފިލްމުގެ ޝޫޓިން ފެށުމަށް ސާޖިދު ވަނީ ފިލްމުގެ ކާސްޓް އަދި ކްރޫގެ އިތުރުން އޭނާގެ އާއިލާ އާއެކު ކުޑަ ހަފްލާއެއް ބާއްވައިފައެވެ.

ސަލްމާން ޚާންގެ ޑަބަލް ރޯލު ފެނިގެން ދިޔަ ފިލްމުގެ ދެވަނަ ބައިގައި ލީޑު ރޯލުން ފެނިގެން ދާނީ އަރަމުން އަންނަ ތަރި، ވަރުން ދަވާން އެވެ. 'ޖުޅްވާ' ގައި ކަރިސްމާ ކަޕޫރު އަދާކުރި ރޯލުން ފެނިގެން ދާނީ ޖެކްލިން ފާނަންޑޭޒް އެވެ.

"ޖުޅްވާ 2"ގައި ސަލްމާންގެ އިތުރުން ކަރިސްމާގެ ޚާއްސަ ފެނިލުމެއް ހިމެނުމަށް ވަނީ ނިންމައިފައެވެ.

'ޖުޅްވާ 2' ވެގެންދާނީ 19 އަހަރަށް ފަހު ކަރިސްމާ އާއި ސަލްމާން އެކުގައި ފިލްމަކުން ފެންނަ ފުރަތަމަ ފަހަރަށެވެ.

comment ކޮމެންޓް